
އެމެރިކާގެ ވައިގެ ސިފައިންގެ ބީ-52 ބޯޓު ވެއްޓި، 8 މީހުން މަރުވެއްޖެ

އާމިނަތު ޝަޒްލާ - 16 ޖޫން 2026 - 12:43
އިއްޔެ އެމެރިކާގެ ކެލިފޯނިއާގައި ހުންނަ އެޑްވާޑްސް އެއަރ ފޯސް ބޭހުން ފުރިތާ މާގިނަ އިރުތަކެއް ނުވަނީސް، އެމެރިކާގެ ވައިގެ ސިފައިންގެ ބީ-52 ސްޓްރެޓޯފޯޓްރެސް މަރުކާގެ ބޮންއަޅާ ބޯޓެއް ވެއްޓިއްޖެއެވެ.
މި ހާދިސާގައި ބޯޓުން ދަތުރުކުރި 8 މީހުންވެސް މަރުވެފައިވާކަން އަސްކަރިއްޔާގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ބޯޓު ވެއްޓި އަލިފާން ރޯވީ، ރާޑަރ ސިސްޓަމްތައް ޒަމާނީ ކުރުމުގެ މަޝްރޫއެއްގެ ދަށުން ކުރިއަށްގެންދިޔަ އާދައިގެ ޓެސްޓު ދަތުރެއްގެ ތެރޭގައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ވައިގެ ސިފައިންގެ މުވައްޒަފުންނާއި، ސަރުކާރުގެ މަދަނީ މުވައްޒަފުންގެ އިތުރުން ކޮންޓްރެކްޓަރުން ހިމެނެއެވެ. މީގެ ތެރޭގައި ބޯއިންގް ކުންފުނީގެ ދެ މުވައްޒަފުންވެސް ހިމެނެއެވެ. ހާދިސާ ހިނގި ސަރަހައްދަށް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަގުތުން ދިޔަ ނަމަވެސް، މިއީ އެއްވެސް މީހަކު ސަލާމަތްވާނެ ފަދަ ހާދިސާއެއް ނޫން ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ބޯޓު ވެއްޓެން މެދުވެރިވި ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ. 1955 ވަނަ އަހަރުން ފެށިގެން ބޭނުންކުރަން ފެށި ބީ-52 ސްޓްރެޓޯފޯޓްރެސް ބޯޓުތަކަކީ، އެމެރިކާގެ ވައިގެ ސިފައިން ދުރު ރާސްތާއަށް ބޮން އެޅުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް ވަސީލަތެވެ.
އަސްކަރިއްޔާގެ އިސްވެރިން ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، މި ހާދިސާ ފުރިހަމައަށް ތަހުގީގު ކުރައްވާނެ ކަމަށް ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އައިއޫއެމްގެ 46 ވަނަ އަހަރީ ދުވަހުގެމުނާޞަބަތުގައި ލީގަލް ކްލިނިކެއް ހުޅުވަނީ
28 މިނިޓު ކުރިން

ބަންދު ދުވަހެއް ނަމަވެސް، ކާބޯތަކެތި ބޭލުމުގެ މަސައްކަތްތައް ދަނީ ކުރިއަށް: އެމްޕީއެލް
3 ގަޑިއިރު ކުރިން

ކޯޓް އަމުރަކާ ހިލާފުވި މީހަކު ހިތަދޫން ހައްޔަރަށް!
5 ގަޑިއިރު ކުރިން

ޕީޢެންސީ އިން ކޮންމެ ފަހަރަކު މިޖެހެނީ އެމްޑީޕީ އިން ހޭވި ހަޑި ފިލުވަން: ޝުޖާއު
5 ގަޑިއިރު ކުރިން


.gif&w=3840&q=75)