
އެމެރިކާގެ ޖާސޫސީ އިދާރައިގެ ވެރިޔާ އިސްތިއުފާ ދީފި!

ރިޟްވާން މޫސާ - 23 މޭ 2026 - 18:50
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ޖާސޫސީ އިދާރާތަކުގެ އެންމެ އިސްވެރިޔާ ޓަލްސީ ގެބަރޑް އިސްތިޢުފާ ދެއްވައި، ސިޓީ ހުށަހަޅުއްވައިފިއެވެ.
ގެބަރޑް އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ މެމްބަރެއްގެ ގޮތުގައި 8 އަހަރު ޚިދުމަތް ކުރެއްވީ އިދިކޮޅު ޑިމޮކްރެޓެއްގެ މެމްބަރެއްގެ ގޮތުގައެވެ. ނަމަވެސް، 2020ވަނަ އަހަރު ޑިމޮކްރެޓިކް ޕާޓީން ވަކިވެވަޑައިގެން، އޭނާ ވަނީ ޓްރަމްޕަށް ތާޢީދުކުރައްވައިފައެވެ.
ސޯޝަލް މީދިޔާގައި އާންމުކުރައްވާފައިވާ އިސްތިއުފާ ސިޓީގައި، ގެބަރޑް ވަނީ ފާއިތުވި 18 މަސް ދުވަހު، އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސް އިދާރާގެ ޑިރެކްޓަރުގެ މަޤާމުގައި ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޓްރަމްޕަށް ޝުކުރު އަދާކުރައްވައިފައެވެ.
އެ މަޤާމުން އިސްތިއުފާ ދެއްވަން ނިންމެވީ، ފިރިކަލުން، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަންޖެހިވަޑައިގަންނަވާތީ އެކަމަށް ވަގުތު ދެއްވުމުގެ ގޮތުން ކަމަށް ގެބަރޑް ވިދާޅުވެފައިވެއެވެ. ޓްރަމްޕް ވަނީ ގެބަރޑްގެ އިސްތިއުފާ ޤަބޫލުކުރައްވައި، އޭނާ ކޮށްދެއްވި ފުރިހަމަ ޚިދުމަތަށް ޝުކުރު ދަންނަވައިފައެވެ.
އަދި އެ މަޤާމަށް އިތުރު ބޭފުޅަކު ޢައްޔަނުކުރެވެންދެން، އެ މަސްޢޫލިއްޔަތުތައް އަދާކުރައްވަނީ އެ އިދާރާގެ ދެވަނައަށް އެންމެ އިސްވެރިޔާ އެރޮން ލޫކާސްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރަން، އެމެރިކާ ސިފައިން ވެނެޒުއޭލާއަށް އެރުމާއި، ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ގެބަރޑްގެ ހިތްހަމަނުޖެހުން ބޮޑުވެ، އިސްތިއުފާ ދެއްވުމާ ހަމައަށް ބާކީކޮށްފައި ހުންނެވިކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ކަރަންޓު ކެނޑުނީ އަޕްގްރޭޑްކުރި ފަހުން ދިމާވި މައްސަލައަކުން: ސްޓެލްކޯ
31 މިނިޓު ކުރިން

ގައިދީން މާލެ ގެނައުމުގައި ދަތިތަކެއް އެބަހުރި: ކަރެކްޝަން ސާވިސް
32 މިނިޓު ކުރިން

ޔަހޫދީން ޞުމޫދް ފްލޮޓިއްލާގެ ބައިވެރިންނަށް ޖިންސީ އަނިޔާ ކުރިކަން ހާމަވެއްޖެ!
6 ގަޑިއިރު ކުރިން
.webp&w=3840&q=75)
މުޅި މާލެއިން ކުއްލި ގޮތަކަށް ކަރަންޓު ކެނޑިއްޖެ!
12 ގަޑިއިރު ކުރިން


.gif&w=3840&q=75)