logo

ޔަހޫދީން ޞުމޫދް ފްލޮޓިއްލާގެ ބައިވެރިންނަށް ޖިންސީ އަނިޔާ ކުރިކަން ހާމަވެއްޖެ!

profile

ރިޟްވާން މޫސާ - 23 މޭ 2026 - 13:29

ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރުކުރަމުން ދިޔަ "ގްލޯބަލް ޞުމޫދް ފްލޮޓިއްލާ" ގެ (ޖީއެސްއެފް) އުޅަނދުތަކުން ހައްޔަރުކުރި އެކްޓިވިސްޓުންނަށް ޔަހޫދީ ސިފައިން ޖިސްމާނީ އަނިޔާކޮށް، ބައެއް މީހުންނަށް ޖިންސީ ގޯނާކޮށްފައިވާ ކަން ހާމަވެއްޖެ އެވެ.

https://wamco.com.mv/

ޔަހޫދީ އިސްރާއިލު ސިފައިންނަކީ މިފަދަ ލާ އިންސާނީ ހައްދުފަހަނަ އަޅާފައިވާ ޖަމާއަތެއްކަން މުޅި ދުނިޔެ އަށް ވެސް އެނގެ އެވެ.

ތުރުކީވިލާތުން ފުރައިގެން ދަތުރުކުރި 50 އުޅަނދުގައި ތިބި 430 އެއްހާ މީހުން ހައްޔަރުކޮށް، ޖަލަށް ގެންގޮސްފައި ވަނީ މޭ 18 ވަނަ ދުވަހުއެވެ. ޔަހޫދީ ސިފައިން އޭގެ ތެރެއިން ބައެއް މީހުން ރޭޕުކޮށްފައިވާ ކަމުގައި ވެސް ޖީއެސްއެފުން ބުނެ އެވެ.

ހައްޔަރުކޮށްފައި ތިބި އެކްޓިވިސްޓުންގެ ތެރެއިން 15 މީހަކަށް ޔަހޫދީ ސިފައިން ޖިންސީ ގޯނާކޮށްފައިވާ ކަން ރެކޯޑުކުރެވިފައިވާ ކަމުގައެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާކޮށް، ޖިންސީ ގޯނާކޮށްފައި ވަނީ ގޮޅިތަކެއް ހަދާފައިވާ އުޅަނދެއްގެ ތެރޭގައި ކަމަށް ވެސް ވަނީ އެނގިފަ އެވެ.

އަދި، އޭގެ ތެރެއިން 12 މީހަކު ޖިންސީ ގޯނާކޮށް، މަޖުބޫރުން ޖިންސީ ގުޅުން ހިންގާފައިވާ ކަމުގައި ވެސް ޖީއެސްއެފް އިން ވަނީ ތުހުމަތުކޮށްފަ އެވެ.

ޖީއެސްއެފް ހަރަކާތުގެ ދަށުން 50 އުޅަނދެއްގައި ދަތުރުކުރި 430 މީހުން މޭ 18 ވަނަ ދުވަހު ހައްޔަރުކުރި މައްސަލައިގައި، އަދި ޔަހޫދީންގެ ހައްދުފަހަނައެޅި ވަޒީރަކު އެ މީހުންނަށް ފުރައްސާރަކުރާ ވީޑިއޯއެއް ޢާންމުވުމާ ގުޅިގެން ޔަހޫދީ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ޞުމޫދް ފްލޮޓިއްލާގައި ހިމެނޭ 50 އުޅަނދު ޣައްޒާގެ މިސްރާބަށް ދަތުރުކުރަމުން ދަނިކޮށް، ޔަހޫދީ ފައުޖުން އެ އުޅަނދުތަކަށް ޙަމަލާދީ، ހިފަހައްޓާފައި ވަނީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުންނެވެ. އެ އުޅަނދުތަކުގައި ދެކުނު ކޮރެޔާގެ ރައްޔިތުން ވެސް ތިއްބެވެ.

އެ ހާދިޘާއާ ގުޅިގެން ދެކުނު ކޮރެޔާގެ ރައީސް ވަނީ ޔަހޫދީ އަސްކަރިއްޔާގެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. ދެކުނު ކޮރެޔާގެ ވަޒީރުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ލީ ވަނީ ޔަހޫދީ އަސްކަރިއްޔާއިން ޞުމޫދު ފްލޮޓިއްލާގެ އުޅަނދުތައް އަތުލައިގެންފައި ވަނީ ޤާނޫނީ ގޮތުން ކޮން ބާރެއް ލިބިގެންތޯ ސުވާލުކުރައްވައިފައެވެ.

އަދި އެ އުޅަނދުތައް ހިފަހައްޓާފައި ވަނީ ޔަހޫދީ ކަނޑުގެ ސަރަޙައްދަށް ވަދެފައިވަނިކޮށްތޯ އާއި ފާހަގަކޮށްފައިވާ އެއްވެސް އިމެއް ހުރަސްކުރުމުންތޯ އޭނާ ވަނީ ސުވާލުކުރައްވައިފައެވެ.

ދެކުނު ކޮރެޔާ އިން ވަނީ އެ ޤައުމުތަކުގެ ސަރަޙައްދަށް ނަތަންޔާހޫ ވަދެއްޖެ ނަމަ އޭނާ ހައްޔަރު ކުރާނެ ކަމަށް އެ ޤައުމުތަކުން ބުނެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ދެކުނު ކޮރެޔާއިން ވެސް އެ ފަދަ ފިޔަވަޅެއް އެޅުމާ މެދު ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk