logo
ސްޓެލްކޯގެ މުއައްޒަފުން ކަރަންޓުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަނީ

ސްޓެލްކޯގެ މުއައްޒަފުން ކަރަންޓުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަނީ

ކަރަންޓު ކެނޑުނީ އަޕްގްރޭޑްކުރި ފަހުން ދިމާވި މައްސަލައަކުން: ސްޓެލްކޯ

profile

ރިޟްވާން މޫސާ - 23 މޭ 2026 - 18:47

މާލެއާއި ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑެން މެދުވެރިވީ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމަށްފަހު ދިމާވި މައްސަލައަކުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/


ހުޅުމާލޭގައި ސްޓެލްކޯ އިން ޤާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަގްރޭޑް ކުރުމުގެ މަސައްކަތް ރޭ މެންދަމު 3 ގެ ފަހުން ފެށިގެން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ސްޓެލްކޯގެ އަޕްގްރޭޑިން މަސައްކަތްތަކާއެކު މިއަދުގެ މެންދުރެއްހާއިރުން ފެށިގެން ވަނީ މާލެ އާއި ހުޅުމާލެ ހިމެނޭހެން އެއްކޮށް ކަރަންޓުގެ ޙިދުމަތް މެދުކެނޑިފަ އެވެ. ކަރަންޓު އަލުން ލިބިފައި ވަނީ ގާތްގަނޑަކަށް މެންދުރު ފަހު 3 ޖެހިކަންހާއިރު އެވެ. ނަމަވެސް އޭގެ ވަގުތުކޮޅެއް ކުރިން ހުޅުމާލެ އަށް ވަނީ ކަރަންޓުގެ ޙިދުމަތް ލިބެންފަށާފަ އެވެ.

ކަރަންޓު ކެނޑެން މެދުވެރިވި ސަބަބާއި ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމަށް އިންޖީނު އެއްކޮށް ނިއްވާލުމަށްފަހު އެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ރޭ ކޮށްފައިވާ މަސައްކަތަކީ، ނެޓްވޯކްގެ ސިސްޓަމް ފޯލްޓް ލެވެލް ދަށްކުރަން ޖެހުމާއި، ކެޕޭސިޓީ އިތުރު ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ.

ޢަލީ އަޒުވަރު ވިދާޅުވީ، ޕްލޭން ކުރި ގޮތަށް އެ މަސައްކަތްތައް ކުރިއަށްދިޔަ ނަމަވެސް ސިސްޓަމް އަޕްގްރޭޑް ކުރުމަށްފަހު މައްސަލައެއް ދިމާވެ މުޅި މާލެއިންނާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ކަމަށެވެ.

ސްޓެލްކޯގެ ޗީފް ޓެކްނިކަލް އޮފިސަރ އަޙްމަދު އިޤްބާލް ވިދާޅުވީ، ސޮފްޓްވެއަރ އަޕްޑޭޑް ކުރުމުގެ މަސައްކަތަކީ މުސްތަޤުބަލުގައި ފައިދާވާނެ ކަމެއް ކަމަށެވެ. އަދި އެ މަސައްކަތް ކޮށްފައިވަނީ، އެކަމަށް ޚާއްސަ އިންޖިނިއަރުންނާއެކު ކަމަށާއި، ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ނޫވާނެހެން ކަންތައްތައް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މާލެއާއި ހުޅުމާލެއިން ކަރަންޓު ދިޔަ ވަގުތު ކަރަންޓުގެ ޑިމާންޑް ކުރީ، ގާތްގަނޑަކަށް 100 މެގަވޮޓުގައި ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. އެވަގުތު ކުއްލިއަކަށް ލޯޑު ބޮޑުވުމާއެކު އިތުރު ޖަނަރޭޓަރުތައް ޖައްސާ ކަރަންޓު ދިނުމަށް ދަތިތަކެއް ކުރިމަތިވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk