logo
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަން އިބްރާހިމް ނާޝިދު / ވިދާޅުވީ މާލެ އަށް ގައިދީން ގެނައުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަން އިބްރާހިމް ނާޝިދު / ވިދާޅުވީ މާލެ އަށް ގައިދީން ގެނައުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް.

ގައިދީން މާލެ ގެނައުމުގައި ދަތިތަކެއް އެބަހުރި: ކަރެކްޝަން ސާވިސް

profile

ރިޟްވާން މޫސާ - 23 މޭ 2026 - 18:47

މާފުށީ ޖަލުންނާއި، ހިންމަފުށީ ޖަލުން ގައިދީން ބޭސްފަރުވާ އަށާއި އެހެނިހެން ކަންކަމުގައި މާލެ ގެންނަން ޖެހޭ ގެނައުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

https://wamco.com.mv/

އަސްލު ޓީވީން ގެނެސްދޭ " އަސްލު ފެށުން " ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަން އިބްރާހިމް ނާޝިދު ވިދާޅުވީ މާލެ އަށް ގައިދީން ގެނައުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ގިނަ ބަޔަކަށް ނޭގުނު ކަމުގައި ވިނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަކީ ވަރަށް ގިނަ ބައެއްގެ ހައްގު ތަކާއި ގުޅިފައިވާ ވަަރަށް ބޮޑު މަސްއޫލިއްޔަތެއްވެސް އަދާކުރައްވަމުން އަންނަ ފަރާތެއް ކަން ފާހަގަ ކުރައްވައި ނާޝިދު ވިދާޅުވީ އެކިއެކި ބޭނުން ތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގައިދީންގެ ތެރެއިން 50 ނުވަތަ 60 އެއްހައި މީހުން ގޮވައިގެން މާލެ ގެންނަންޖެހޭ ކަމަށެވެ.

ނާޝިދު ދަތުރު ފަތުރުކުރުމުގެ އުދަގޫ ފާހަގަކުރެއްވެވި އިރު ވަނީ ބޭސް ފަރުވާ ކުރުމުގެ އިންތިޒާމާއި، އެހެނިހެން ޒަރޫރީ ކަންކަން މިހާރަށް ވުރެ ފުޅާކޮށް ޖަލު ތަކުން އެ ޙިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގައި މައިގަނޑު ގޮތެއްގައި ބޭނުން ކުރަނީ ތިން ޖަލު ކަމަށާއި، އެއީ މާފުށީ ޖަލުގެ އިތުރުން މާލޭ ޖަލާއި، ހިންމަފުށީ ޖަލު ކަން ނާށިދު ފާހަގަ ކުރެއްވެވި އެވެ. އަދި މިތަންތަނުގައި މިފަދަ އިންތިޒާމުތައް މިހާރަށްވުރެ ފުޅާކޮށް ހަމަޖެހިގެން ދިއުމަކީ މި ޖާގައިގެ ދަތިތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް ފާހަގަކުރެއްވެވި އެވެ.

އަދި މީގެ އިތުރުން ޖަލުތަކުގެ ޖާގައިގެ ދަތިކަމަކީ ވެސް ހައްލުކުރަން ޖެހިފައިވާ ކަމެއް ކަމަށް ވެސް ނާޝިދުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ނާޝިދު ވަނީ ޖަލުތަކުގެ ހައްގުތައް ކަށަވަރު ކުރުމާއި، ގައިދީންނާއި ގުޅޭ އެންމެހައި ކަންކަމުގައި ކަރެކްޝަންގެ މުއައްޒަފުން ހީވާގި ޒިންމާދާރު މަސައްކަތްތަކެއް އަދާކުރައްވަމުން ގެންދަވާތީ އެކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk