logo

މުޅި މާލެއިން ކުއްލި ގޮތަކަށް ކަރަންޓު ކެނޑިއްޖެ!

profile

ރިޟްވާން މޫސާ - 23 މޭ 2026 - 07:24

މުޅި މާލެއިން ކުއްލި ގޮތަކަށް ކަރަންޓް ކެނޑިއްޖެ އެވެ.

https://wamco.com.mv/

މައުލޫމާތު ލިބިފައިވާ ގޮތުގައި މުޅި މާލެ އިން ވަނީ ކަރަންޓުގެ ޙިދުމަތް އެއްކޮށް މެދުކެނޑިފަ އެވެ.

ކަރަންޓު ކެނޑެން މެދުވެރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ކަރަންޓު އަލުން ފޯރުކޮށްދިނުމަށް ސްޓެލްކޯ އިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ދާދި ފަހަކުން ވަނީ ހުޅުމާލޭގެ ވެސް ބޮޑު ސަރަހައްދަކުން ކަރަންޓުގެ ޙިދުމަތް މެދުކެނޑިފަ އެވެ. ނަމަވެސް ފަހުން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަރަންޓުގެ ޙިދުމަތް އަލުން ދޫކޮށްފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk