logo

މާލޭ ޓްރެފިކް މައްސަލަ ހައްލުކުރަން ސާވޭ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: އާޒިމް

profile

ރިޟްވާން މޫސާ - 17 ޖުލައި 2026 - 17:13

މާލެއަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި މަސައްކަތް ފަށާފައިވާ ކަމަށާއި، އެ މަސައްކަތްތަކުގެ ތެރެއިން ވަގުތު ކުރިއަށްދަނީ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

މި މަސައްކަތުގެ ޑޭޓާ އެއްކުރުމަށް މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 20 މުވައްޒަފުން ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 1000 އަށްވުރެ ގިނަ ގޭބިސީއަކަށް ޒިޔާރަތްކޮށްފަ އެވެ.

ޓްރެފިކް މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއާ ގުޅޭގޮތުން، ޔޫއެންއެސްކެޕްގެ ޓްރާންސްޕޯޓް ޑިވިޝަންގެ ސެކްޝަން ޗީފް ކެޓްރިން ލޫގަރ ވަނީ، މި އަހަރުގެ އޭޕްރީލް މަހު މޭޔަރު އާޒިމްއާ ބައްދަލުކުރައްވާފަ އެވެ.

މި މަޝްރޫއަށް ބޭނުންވާ ފަންޑު ފޯރުކޮށްދެނީ ޔޫއެންއެސްކެޕުންނެވެ. މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލަނީ، އުޅަނދުތަކުގެ އަދަދާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި، މި ނިޒާމުގައި ހުރި ގޮންޖެހުންތަކަށެވެ.

އާޒިމް ވިދާޅުވީ މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަކީ، މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި، އެއީ ސަރުކާރުން ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގައި، ސްކޫލް ގަޑިތަކުގެ ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން ހުށަހެޅުނު މައްސަލައަކަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ މާލޭގެ ޓްރެފިކް އަދި ޕާކިން މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، މިކަމަށް ހައްލެއް ހޯދުމަށް ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) އާ ގުޅިގެން، ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް، ސަރުކާރުން މި ކަމަށް ވަކި އޮފީހެއް ހަދާފައިވާކަން ފާހަގަކުރައްވައި، މޭޔަރު އާޒިމް ވިދާޅުވީ، ސަރުކާރުން ކުރަންޖެހޭ ކަމަކީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk