
ބަހްރައިންގެ ނޮން ރެސިޑެންޓް ސަފީރަކަށް ސަރީރު އައްޔަންކުރުމަށް ރުހުން ހޯދަނީ

މުޙައްމަދު ފަޟްލޫން - 13 ޖުލައި 2026 - 11:02
ދިވެހިރާއްޖެއިން ބަހްރައިނަށް ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް، ސައުދީ އަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަދި އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަޙްމަދު ސަރީރު އިސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، މަޖިލީހުގެ ރުހުން ހޯދުމަށް މިއަދު ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރީރު މި މަގާމަށް އައްޔަންކުރެއްވުމާ މެދު ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު ވަނީ އިއްވާފައެވެ.
ރައީސްގެ ސިޓީފުޅުގައި ބަޔާންކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގެ 14 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، މި މަގާމަށް ސަރީރުގެ ނަން ހުށަހަޅުއްވާ ކަމަށެވެ.
މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި، ރިޔާސަތުން ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.
އަޙްމަދު ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ ކުރިން އެމަނިކުފާނު ވަނީ ފޮރިން ސެކްރެޓަރީގެ މަގާމުގެ އިތުރުން، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމާއި، އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު ފަދަ މުހިންމު ޒިންމާތަކެއް އަދާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ
2 ގަޑިއިރު ކުރިން

އިންފޮމޭޝަން ކޮމިޝަނަރަކީ ސަރުކާރާ އިދިކޮޅު ބޭފުޅެއް: ރައީސް
2 ގަޑިއިރު ކުރިން

މިނިވަންކަން ދެމެހެއްޓުމަކީ ހުރިހާ ދިވެހިންގެ މައްޗަށް އޮތް ވާޖިބެއް: ސީޕީ
2 ގަޑިއިރު ކުރިން

މިނިވަން ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)