logo

މިސްކިތްތަކަށް މިދިޔަ 3 އަހަރު ދިނީ 1 މިލިއަން ރުފިޔާ - މޭޔަރ

profile

އަހުމަދު ޒަލީފު - 09 ޖެނުއަރީ 2023 - 06:45

ޗާލު މިސްކިތް ޙަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ވާހަކަ ދައްކަވަނީ

ޗާލު މިސްކިތް ޙަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ވާހަކަ ދައްކަވަނީ

މިސްކިތްތަކުގެ މަރާމާތަށް ސަރުކާރުން ވޭތުވެދިޔަ ތިން އަހަރު ދިނީ ޖުމްލަ އެއް މިލިއަން ރުފިޔާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ސަރުކާރުން ފޯރުކޮށް ނުދިނުމުގެ ސަބަބުން އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި މާލެ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ” ޗާލު މިސްކިތް ”، ހަރަކާތް ފައްޓަވާ ދެއްވަމުން މޭޔަރު ވިދާޅުވީ މާލޭގެ މިސްކިތްތައް މަރާމާތު ކުރަން ސަރުކާރުން ދޭ އެއް މިލިއަން ރުފިޔާއަކީ މިސްކިތްތައް މަރާމާތު ކުރަން އެކަށޭނެ އަދަދެއް ނޫން ކަމަށެވެ. އެހެންކަމުން ، ދެ ދުވަހުގެ މުއްދަތަކަށް މި ހަރަކާތް ކުރިއަށްގެގޮސް ފައިސާގެ އެހީ ހޯދުމަށް ކައުންސިލަށް މަޖުބޫރު ވީކަމުގައެވެ.

Eheetherikan nudhin miskiythah belehettumah @MaleCitymv in kuramun dhaa masakkaithakuge kharadhu ge thafseel (2/2)#ChaaluMiskiy https://t.co/OkkalaPjEY

“މާލެ ސިޓީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެންމެ އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި އޮތީ މާލޭގެ މިސްކިތްތައް ޒީނަތްތެރިކުރުން. އަޅުގަނޑުމެންގެ ފަލްސަފާއެއް ގޮތުގައި ޕްލޭންގައި ފާސްކޮށްފައި އޮންނާނީ މާލޭގެ އެންމެ ރީތި ބިނާތައް ކަމުގައި ވާންޖެހޭނީ މިސްކިތްތައް ކަމަށް.” މޭޔަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑީއާ ގްރޫޕުގައި މޭޔަރު ވިދާޅުވީ 2020، 2021 އަދި 2022 ވަނަ އަހަރު ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައި ވަނީ އެންމެ އެއް މިލިއަން ރުފިޔާ ކަމަށެވެ. އަދި އޭގެ ބޭރުން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން މިސްކިތްތައް މަރާމާތު ކުރަން 10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.




tel:+9607331319