logo
މުޢިއްޒު ހައްޔަރުކޮށްގެން ގެންދަނީ

މުޢިއްޒު ހައްޔަރުކޮށްގެން ގެންދަނީ

މޭޔަރ މުޢިއްޒު ހައްޔަރު ކޮށްފި

profile

އަހުމަދު ޒަލީފު - 03 ޖެނުއަރީ 2023 - 18:02

މާލޭ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ހައްޔަރު ކޮށްފިއެވެ.

https://wamco.com.mv/

މުޢިއްޒު ހައްޔަރު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާ ތެރެއިންނެވެ.

އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކުރަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އެންގުމާ ގުޅިގެންނެވެ. މިހާރު އިދިކޮޅުން ސިލްސިލާކޮށް މުޒާހަރާތައް ކުރިއަށް ގެންދާތާ ތިން ދުވަސް ވެއްޖެއެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވުމުންނެވެ

ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ ރ.ފުއްގިރި ކުއްޔަށް ދިން މައްސަލަ މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު މި މައްސަލަ ބެއްލެވުމާއި އަލަށް ހަވާލުވި ޤާޟީ ޢަލީ ނަދީމް މިއަދު ވަމީ ސާފު ކުރައްވާފައެވެ.

މި މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

މިއަދުގެ އަޑުއެހުމުގެ ހުލާޞާ؛

- ދައުވާލިބޭ އެންމެހާ ފަރާތްތަކުގެ ބައިގައިވެސް އިބްތިދާއީ މަރުޙަލާ ކުރިއަށް ގޮސް، ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައަޅައި، އެ ހުށައެޅުންތަކަށް ރައްދު ދީފައިވާ ކަމަށްދަޢުލަތުގެ ވަކީލް ވިދާޅުވި.

- ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ވާހަކަ ދައްކާފައިނުވާ ކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވި.

- މި މައްސަލަ ކުރިއަށް ދަނިކޮށް އިސްގާޒީ ޝަކީލު ތަނާޒުލްވެވަޑައިގެންނެވި ސަބަބު ސާފުކޮށްދެއްވުމަށް ކްރިކް ރިޒާގެ ފަރާތުން އެދިވަޑައިގެންނެވި.

- މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމުން އަަމަލު ކުރާނެ ގޮތް ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ޤާޟީ ފާހަގަ ކުރެއްވި.

- ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ދިފާއުން އަދި ފާހަގަކުރަން ބޭނުންވާ އިތުރު ކަންކަން އެބަހުރި ކަމަށް ކްރިކް ރިޒާގެ ވަކީލުން ވިދާޅުވި.

- ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ދައުލަތުން ދީފައިވާ ރައްދު ލިބިފައިނުވާކަމަށް ދަޢުވާ ލިބޭ ސަން ކޮންސްްޓްރަކްޝަންގެ ފަރާތުން ވިދާޅުވި.

- މި މައްސަލައާ ގުޅޭ އައު ހެކިތަކެއް މިހާރު ލިބިފައިވާ ކަމަށާއި، ވުމާއެކު އެ ހެކިތައް ހުށައެޅުމަށް ފުރުސަތެއް ދިނުމަށް ޔާމީންގެ ވަކީލުން އެދިވަޑައިގެންނެވި.

- އައު ހުށައެޅުމެއް ނެތްނަމަ ދެން އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތް ނިންމުން ކަމަށް ޤާޟީ ވިދާޅުވި.

ރައީސް އަބްދުﷲ ޔާމީން ވ. އާރަށުގެ މައްސަލައިގާ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖުމްލަ 11 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފިކަން ސާބިތުވާ ކަމަށާއި، އަދި މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށެވެ. އަދި އަދަބު ކަނޑައެޅުމުގައި ލުއިތަކެއް ޝަރީޢަތުން ދިނުމުގެ އިޚްތިޔާރު އޮތް ނަމަވެސް، މި ދެ މައްސަލައިގާ އަދަބު ލުއިކުރާނެ ތަނެއް ނެތް ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay