logo
ޑރ މުޢިއްޒު - ފޮޓޯ މިހާރު

ޑރ މުޢިއްޒު - ފޮޓޯ މިހާރު

ނިންމި ކަމަށް ބުނާ 47 ބަނދަރުގެ ތެރެއިން 26 ބަނދަރުގެ މަސައްކަތް ފެށީ ރައީސް ޔާމީން - މުޢިއްޒު

profile

އަހުމަދު ޒަލީފު - 01 ޖެނުއަރީ 2023 - 09:00

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމި ކަމަށް ބުނާ 47 ބަނދަރުގެ ތެރެއިން 26 ބަނދަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސައްކަތް ފަށާފައި ހުރި ބަނދަރުތަކެއް ކަމަށް ކުރީގެ ޕްލޭނިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

މުއިއްޒު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވައެވެ. އަލީ ނިޔާޒް ވިދާޅުވީ ބަނދަރުގެ ބޭނުމަކީ އެތައް ބައެއްގެ ދިރިއުޅުން ބިނާކުރާ އޮޑިދޯނިފަހަރު ރަށު ބަނދަރުގައި އެޅުމަށްފަހު ރޭގަނޑު ހަމަ ނިދި ނިދާލެވޭ ގޮތްވުން ކަމަށެވެ.

"ވެރިކަން ބަދަލުވި އިރު 26 ބަނދަރުގެ މަސައްކަތް ހިނގަމުން ދިޔަ. މި ވެރިކަމުގައި ނިންމި ކަމަށް ބުނާ 47 ބަނދަރުގެ ތެރެއިން 26 ބަނދަރަކީ ޔާމީންގެ ވެރިކަމުގައި ފެށިފައިވާ ބަނދަރުތައް" މުއިއްޒު ވިދާޅުވި އެވެ

މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ޙާޞިލުކުރުމަށް ކުރެވުނު މަސައްކަތާއި ހޯދުނު ކުރިއެރުންތައް ތަފާސްހިސާބުން ރައީސް ވަނީ ހާމަކުރައްވާފައެވެ.

ފާއިތުވި 4 އަހަރު ސާފު ބޯފެނާއި ނަރުދަމާ އެންމެންނަށް ފޯރުކޮށްދިނުމުގެ 141 މަޝްރޫޢެއް މިހާރުވެސް ކުރިއަށްއެބަދެއެވެ. ކަރަންޓުގެ ޔަޤީންކަން ހޯދައިދޭން 144 ރަށެއްގައި 313 ޖަނަރޭޓަރު އަލަށް ވަނީ ބަހައްޓާފައެވެ. 77 ރަށެއްގެ އިންޖީނުގޭގެ އޮފީސް އިމާރާތުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. ލަފާފުރުން ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން 44 ރަށެއްގެ ބަނދަރުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި 37 ރަށެއްގެ ބަނދަރުގެ މަސައްކަތް މިވަގުތުވެސް ދަނީ ކުރަމުންނެވެ. 31 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރަމުންނެވެ.

މީގެ އިތުރުން 7 ރަށެއްގެ ބިން އިތުރުކުރުމުގެ މަސައްކަތް ނިމި، 8 ރަށެއްގެ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. ޞިއްޙީ ދާއިރާއާއި ގުޅުންހުރި 31 މަޝްރޫޢެއް ނިމިފައިވާއިރު، މީގެ ތެރޭގައި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay