
ސިޓީ ކައުންސިލްގެ މުވައްޒަފުން އިހްތިޖާޖު ކުރަނީ - ފޮޓޯ މި ނޫސް
މޭޔަރު ހައްޔަރު ކުރުމުން މުވައްޒަފުން އިހްތިޖާޖަށް!

އަހުމަދު ޒަލީފު - 03 ޖެނުއަރީ 2023 - 18:44
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައްޔަރު ކުރުމުން ކައުންސިލް މުވައްޒިފުން އިހްތިޖާޖު ކުރަން ފަށައިފި އެވެ.
މުޢިއްޒު ހައްޔަރު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާ ތެރެއިންނެވެ.
އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކުރަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އެންގުމާ ގުޅިގެންނެވެ. މިހާރު އިދިކޮޅުން ސިލްސިލާކޮށް މުޒާހަރާތައް ކުރިއަށް ގެންދާތާ ދުވަސްތަކެެއް ވެއްޖެއެވެ.
އަތޮޅުވެހި ކުރިމަތީގައި މުވައްޒަފުން އިހްތިޖާޖު ކުރާއިރު، މުއިއްޒު ހައްޔަރު ކޮށްގެން ގެންގޮސްފައިވަނީ އަތޮޅު ވެއްސަށެވެ.
ޑރ. މުއިއްޒު ހައްޔަރު ކުރުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައިވަނީ މިއީ ދިމިޤްރާތީ ނުވަތަ ޑިމޮކްރަޓިކް ވެއްޓެއްގައި ކަންވެގެން ދާންޖެހޭނެ ގޮތް ނޫން ކަމުގައި ފާހަގަ ކޮށްފައެވެ. އެހެން ކަމުން މާލެ ސިޓީގެ މޭޔަރ ވަގުތުން ދޫކޮށްލުމަށް އެ ކައުންސިލުންވަނީ ގޮވާލާފައެވެ. އިދިކޮޅު އިހުތިޖާޖާ ގުޅޭ މައުލޫމާތު ދެއްވަމުން އެ ކޯލިޝަނުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ޑރ. މުއިއްޒުގެ އިތުރުން، އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމުގައެވެ. އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދާ އިހުތިތާޖުތަކުގައި މީހުން ހައްޔަރު ކުރި ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ ހައްޔަރުން ދޫކޮށްލައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން