logo
މޭޔަރ މުޢިއްޒު

މޭޔަރ މުޢިއްޒު

މާލޭގެ މޭޔަރ ހައްޔަރު ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް: މާލެ ސިޓީ ކައުންސިލް

profile

އަލީ ޝާމިލް ހަސަން - 03 ޖެނުއަރީ 2023 - 18:03

މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ހައްޔަރު ކުރުމަކީ މާލެ ސިޓީގެ ރައްޔިތުން ހޮވާފައިހުރި މޭޔަރގެ އަޑު ކަނޑުވާލުމަށްޓަކައި ހިންގާފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެ ކައުންސިލުން ބުނެފިއެވެ. މާލެ ސިޓީ ކައުންސިލުން މިހެން ބުނެފައިވަނީ އިދިކޮޅު އިހުތިޖާޖުގެ ތެރެއިން މިރޭ ޑރ. މުއިއްޒު ހައްޔަރު ކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ.

https://wamco.com.mv/

ޑރ. މުއިއްޒު ހައްޔަރު ކުރުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައިވަނީ މިއީ ދިމިޤްރާތީ ނުވަތަ ޑިމޮކްރަޓިކް ވެއްޓެއްގައި ކަންވެގެން ދާންޖެހޭނެ ގޮތް ނޫން ކަމުގައި ފާހަގަ ކޮށްފައެވެ. އެހެން ކަމުން މާލެ ސިޓީގެ މޭޔަރ ވަގުތުން ދޫކޮށްލުމަށް އެ ކައުންސިލުންވަނީ ގޮވާލާފައެވެ. އިދިކޮޅު އިހުތިޖާޖާ ގުޅޭ މައުލޫމާތު ދެއްވަމުން އެ ކޯލިޝަނުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ޑރ. މުއިއްޒުގެ އިތުރުން، އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމުގައެވެ. އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދާ އިހުތިތާޖުތަކުގައި މީހުން ހައްޔަރު ކުރި ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ ހައްޔަރުން ދޫކޮށްލައެވެ.

ޤާނޫނު އަސާސީގެ 27ވަނަ މާއްދާގެ ދަށުން ކޮންމެ ރައްޔތިތަކަށްމެ، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިބިދީފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay