logo

ފުށިދިއްގަރުފަޅު ކަނޑުއޮޅިތެރެއިން އެއްޗެހިތަކެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

profile

މުޙައްމަދު ފަޟްލޫން - 18 ޖޫން 2026 - 18:24

އުޅަނދަކުން ބޭރުވި ބައެއް ސާމާނުތަކެއް ކަނޑުމަތީގައި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ކ. ގުޅި އާއި ފުށިދިއްގަރުފަޅާ ދެމެދު އޮންނަ ކަނޑުއޮޅި ތެރެއިން އުޅަނދެއްގެ ބައެއް ސާމާނުތައް އޮޔާދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މި ތަކެތި މިހާރު އޮޔާދާނެ ކަމަށް ބެލެވެނީ އެ ސަރަހައްދުން އިރުމައްޗަށް ކަމަށްވެސް ކޯސްޓްގާޑުން ބުނެފައިވެއެވެ.

އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ވަކިން ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އިތުރަށް ރައްކާތެރިވުމަށް ކޯސްޓްގާޑުން ވަނީ އިރުޝާދު ދީފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk