logo

ހުޅުމާލެ ފޭސް 2 ގައި ހުރި ފްލެޓްތަކުގެ ކައިރީގައި ކޮމާޝަލް އޮފީސް އިމާރާތެއް އަޅަނީ

profile

މުޙައްމަދު ފަޟްލޫން - 18 ޖޫން 2026 - 15:38

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިމެނޭ އަމާން ދޯދި ޓަވަރުތައް ކައިރީގައި، 18 ބުރީގެ ކޮމާޝަލް އޮފީސް އިމާރާތެއް ބިނާކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ނިންމައިފިއެވެ.

https://wamco.com.mv/

މި މަޝްރޫއާ ގުޅޭ ތަފުސީލު އެފްޑީސީން ހާމަކޮށްފައިވަނީ "މަހޯލި" ޕޯޓަލް މެދުވެރިކޮށް އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އެ ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މި އިމާރާތް ބިނާކުރުމަށް ހަމަޖެހިފައިވަނީ "ކަނޑޫފާ" އާ ހަވާލުކޮށްފައިވާ ބިމެއްގައެވެ.

18 ފަންގިފިލާއަށް ފަރުމާކޮށްފައިވާ މި އިމާރާތުގައި އެފްޑީސީގެ މައި އިދާރާ ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ހިނގާނެ ކަމެއް ނޫނެވެ.

އިމާރާތް ކުރުމުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެ މަސައްކަތާ ހަވާލުވާ ފަރާތުންނެވެ.

މީގެ އިތުރުން، ކުރިން އެ ބިމުގައި ޕާކިންގް ލޮޓެއް ހެދުމަށް ނިންމާފައި އޮތް ނަމަވެސް، ޕާކިންގްއަށް އެކަށީގެންވާ ޖާގަ ނެތުމުން، މިފަދަ އިމާރާތެއް ބިނާކުރުމަށް ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެ ސަރަހައްދުގެ ރައްޔިތުން ޕާކުކުރުމަށް ބޭނުންކުރަމުންދާ ހުސްބިމުގައި މި އިމާރާތް ބިނާކުރި ނަމަވެސް، މި މަޝްރޫއުގެ މައިގަނޑު އެއް އަމާޒަކީ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ޕާކިންގްގެ ދަތިތަކަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ހޯދައިދިނުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk