logo

ރަޝިޔާގައި ރާއްޖެ އިޝްތިހާރު ކޮށްފި

profile

މުޙައްމަދު ފަޟްލޫން - 18 ޖޫން 2026 - 11:37

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ރަޝިޔާގެ މާކެޓުގައި ރާއްޖެއަށް އޮތް މަޤުބޫލުކަން ދެމެހެއްޓުމުގެ މަޤުސަދުގައި، އެމް.އެމް.ޕީ.އާރު.ސީ (ވިޒިޓް މޯލްޑިވްސް) އިން މޯލްޑިވިއާނާ އާ ގުޅިގެން ހާއްސަ ޑިޖިޓަލް މާކެޓިންގ ކެމްޕޭނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

https://wamco.com.mv/

15 މެއި އިން 15 ޖޫން 2026 އަށް ކުރިއަށްދިޔަ މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ކެމްޕޭނުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިތުރަށް ވަރުގަދަކުރުމާއި، ޑިޖިޓަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ރަޝިޔާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް ޝައުޤުވެރިކަން އިތުރުކުރުމެވެ.

މީގެ އިތުރުން، ރާއްޖޭގެ ރަސްމީ ފަތުރުވެރިކަމުގެ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުކުރުންވެސް މި ކެމްޕޭނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

1994 ވަނަ އަހަރުން ފެށިގެން ރާއްޖެއާއި ރަޝިޔާގައި ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ މޯލްޑިވިއާނާ އަކީ މާލެއާއި މޮސްކޯގައި އޮފީސްތައް ގާއިމުކޮށްފައިވާ ތަޖުރިބާކާރު ޓްރެވަލް އޮޕަރޭޓަރެކެވެ.

ވިޒިޓް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މި އިސްނެގުމުގެ ދަށުން ރަޝިޔާގެ ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލަކަށް ރާއްޖެ ހެދުމަށްޓަކައި، ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ތަޖުރިބާތައް ދައްކުވައިދޭ މުއްސަނދި ކޮންޓެންޓްތަކެއް ވަނީ އާންމުކޮށްފައެވެ.

މި ކެމްޕޭނުގެ ދަށުން ކުރިއަށްގެންދިޔަ އަމާޒުކުރެވިފައިވާ އިޝްތިހާރުތަކާއި ޕްރޮމޯޝަންތަކުގެ ސަބަބުން، ރަޝިޔާ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުވެ، އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުރުމަށް ފަތުރުވެރިންނަށް ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ.

މިފަދަ ހާއްސަ ހަރަކާތްތަކުގެ ސަބަބުން ރަޝިޔާއިން ރާއްޖެއަށް ބުކިންގްސް ހަދާ މިންވަރު އިތުރުވެ، ފަތުރުވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk