logo

ނާޒުކު ގައުމުތަކަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން އިތުރުކުރަންޖެހޭ: ނައިބު ރައީސް

profile

މުޙައްމަދު ފަޟްލޫން - 18 ޖޫން 2026 - 11:38

މޫސުމީ ބަދަލުތަކުގެ ސަބަބުން މަޖުބޫރުވާ ހިޖުރަކުރުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި، ބައިނަލްއަގްވާމީ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށާއި، ނާޒުކު ގައުމުތަކަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.

https://wamco.com.mv/

ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގެ މޫސުމީ ހިޖުރަކުރުމުގެ އުސޫލުތަކާ ގުޅޭ މަތީ ފަންތީގެ ބައްދަލުވުން އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، މޫސުމީ ބަދަލުތަކަކީ ދިވެހިންގެ ދިރިއުޅުމާއި، ރަށްތަކުގެ މުސްތަގްބަލާއި، ތަރައްޤީގެ މިސްރާބު ބައްޓަންކުރާ މައިގަނޑު އަސާސްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ސުމީ ބަދަލުތަކުގެ ސަބަބުން ހިޖުރަކުރަންޖެހުމަކީ މުސްތަޤްބަލުގައި ދިމާވެދާނެ ކަމެއްގެ ބަދަލުގައި، އެއީ މިހާރުވެސް ކުރިމަތިވަމުންދާ ނާޒުކު ހަޤީޤަތެއްކަން ފާހަގަކުރައްވައި، އެކަމަށް ދެމެހެއްޓެނިވި ޙައްލުތަކެއް ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތަކަކީ މޫސުމީ ބަދަލުތަކަށް ހޭނިފައިވާ، ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ވަރުގަދަ އިންފްރާސްޓްރަކްޗަރ ބިނާކުރުން ފަދަ ކަންކަމަށް ރާއްޖެއިން ކުރަމުންދާ އިންވެސްޓްމަންޓްތަކަށް ނައިބު ރައީސް އަލިއަޅުއްވާލެއްވިއެވެ.

މޫސުމީ ބަދަލުތަކަށް ކެތްތެރި އާބަން ތަރައްޤީގެ ނަމޫނާއެއްގެ ގޮތުގައި ހުޅުމާލެ ފާހަގަކުރައްވައި،

ރަސްމާލެ މަޝްރޫޢަކީ އިންސާނީ ރައްކާތެރިކަމާއި އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދޭނެ ދިގުމުއްދަތުގެ ހައްލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ހިޖުރަކުރަންޖެހޭ ހާލަތްތަކުގައި، އެންމެ އިސްކަމެއް ދޭންޖެހޭނީ ވިލުންވެރިކަން އިތުރުކުރުމަށާއި، ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ވަޒަނުގައި ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށްކަން ނައިބު ރައީސް ބަޔާންކުރެއްވިއެވެ.

އިންސާނުން އެއްތަނުން އަނެއްތަނަށް ބަދަލުވާންޖެހޭ ކޮންމެ ހާލަތެއްގައިވެސް، އެކަން ވާންޖެހޭނީ ދުރާލާ ރޭވިގެން، އެމީހުންގެ އަމިއްލަ އިހްތިޔާރުގައި އަދި އިންސާނީ ކަރާމާތް ހިފެހެއްޓޭނެ ފަދަ ގޮތަކަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް ނުވަތަ މޫސުމީ ބަދަލުތަކުގެ ސަބަބުން ހިޖުރަކުރަންޖެހޭ މީހުންނާ ގުޅޭ އުސޫލުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަރުޙަބާ ވިދާޅުވިއެވެ.

އިންސާނީ ހައްގު ތަކަށް އިސްކަންދޭ، މީހުންނަށް ބިނާވެފައިވާ ސިޔާސަތުތަކަށް ދިވެހިރާއްޖެއިން ދޭ ތާއީދު އެމަނިކުފާނު އަލުން ކަށަވަރުކޮށްދެއްވިއެވެ.

މީގެއިތުރުން، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުކުރާ މުޖުތަމައުތަކަށް ސާބިތު އަދި އުންމީދީ މުސްތަޤުބަލެއް ބިނާކޮށްދިނުމަށްޓަކައި، އެކަނޑައެޅޭ އުސޫލުތަކާ އެކު އަމަލީ ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށް އެމަނިކުފާނު ބާރުއަޅުއްވައި ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk