logo
ހުޅުމާލެ ފަޅު ސާފުކުރަން އެޗްޑީސީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ހުޅުމާލެ ފަޅު ސާފުކުރަން އެޗްޑީސީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ހުޅުމާލޭ ފަޅުތެރެ ސާފުކުރަން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

profile

ރިޟްވާން މޫސާ - 18 ޖޫން 2026 - 11:37

ހުޅުމާލޭ ފަޅުތެރެ ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި މަސައްކަތް ކުރާނެ އެކްޝަން ޕްލޭނެއް ގާއިމުކުރުމަށް މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

https://wamco.com.mv/

މި ބައްދަލުވުމުގައި ހުޅުމާލޭ ފަޅުތެރެއަށް ގިނަ އަދަދެއްގެ ކުނި ޖަމާވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ހުޅުމާލޭގެ މަސައްކަތްތައް ރާވައި ހިންގުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެޗް.ޑީ.ސީ އިން ވަނީ ވެމްކޯ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ), އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އެކު ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތްތައް ކުރުމުގެ ޕްލޭންތައް ކޮށްފައިވެ އެވެ.

އަދި މި މައްސަލައަށް ހައްލު ހޯދުމަށް އިދާރާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

undefined

މި މައްސަލައާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް ހުރިއިރު، ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ދަނީ އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގައި ކުރަން ހުރި މިފަދަ މަސައްކަތް ކުރުމާއި، ހުޅުމާލޭގައި ބިނާ ކޮށްފައިވާ އެކި އެކި މިސްކިތްތަކުގެ ސާފުތާހިރު ކަން ޔަގީން ކުރުމަށް ހާއްސަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk