logo

ރާއްޖެ އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި

profile

މުޙައްމަދު ފަޟްލޫން - 18 ޖޫން 2026 - 10:38

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.

https://wamco.com.mv/

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ގެނައި މުދަލުގެ ތެރޭގައި މަނާ ތަކެތި ހުރިކަމަށް ޝައްކުކުރެވިގެން، އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

އާންމު މުދަލުގެ ގޮތުގައި ޑިކްލެއަރކޮށް އެތެރެކުރި މި ޝިޕްމަންޓް ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި ފޮރުވާފައި ހުރި 5،600 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އަތުލައިގަނެވުނު މި ތަކެތި މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާއިރު، ޤާނޫނާ ޚިލާފަށް މި ތަކެތި އެތެރެކުރަން އުޅުނު މައްސަލަ އެ އިދާރާއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ހުއްޓުވުމަށާއި، ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ކަސްޓަމްސްއިން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk