
ބޮޑުތަކުރުފާނު މަގުގެ ފޭސް 1 ގެ ނަރުދަމާގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

މުޙައްމަދު ފަޟްލޫން - 18 ޖޫން 2026 - 15:37
މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ ފެނާއި ނަރުދަމާގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގުގައި މައި ފެންހޮޅި އެޅުމުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ. އަދި ފެން ހިންދާ ނިޒާމުގެ ކެޗްޕިޓްތަކާއި ކޭބަލް ޖަންކްޝަންތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް އެ ކުންފުނިން އަންދާޒާ ކުރެއެވެ.
މަޝްރޫއުގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، ތިންވަނަ ސެގްމަންޓްގެ ސަބްގްރޭޑިންގ މަސައްކަތްތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން މަގުގެ ދުވާރު ހެދުމާއި، މަގުބައްތި ހަރުކުރުމާއި، ކޭބަލް ޓްރެންޗް އެޅުމުގެ މަސައްކަތްތައް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އޮގަސްޓް 21 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މީގެ ތެރޭގައި ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަހައްދެއް ހަތަރު ލޭނަށް ފުޅާކޮށް ތާރު އެޅުމާއި، ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމު ގާއިމުކުރުން ހިމެނެއެވެ. އަދި މަގުގެ ރައްކާތެރިކަމަށްޓަކައި މަގުމަތީގެ ނިޝާންތައް ކުރެހުމާއި ބޯޑު ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެ ކަމަށް ވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި އެންމެ ފުރަތަމަ ނިންމީ އެމްއެމްއޭ ސަރަހައްދާ ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ.
އެ ސަރަހައްދު ނިންމައި ހުޅުވީ މިދިޔަ ޑިސެމްބަރު މަހުގައެވެ.
ދެ ވަނަ ސެގްމެންޓުގައި، ބޮޑުތަކުރުފާނު މަގުގެ އެމްއެމްއޭ ކައިރިން މާލޭގެ އަތޮޅު ފިހާރަތަކާ ހަމައަށް މަގު ފުޅާކޮށް، ތާރުއަޅާ މަގު ހެދުމުގެ މަސައްކަތް ނިންމައި އެ ސަރަހައްދު ހުޅުވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ގުޅުން ހުރި ޙަބަރުތައް

ޔޫއޭއީ ގައި 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުން މަނާކޮށްފި
3 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 2 ގައި ހުރި ފްލެޓްތަކުގެ ކައިރީގައި ކޮމާޝަލް އޮފީސް އިމާރާތެއް އަޅަނީ
3 ގަޑިއިރު ކުރިން

ނާޒުކު ގައުމުތަކަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން އިތުރުކުރަންޖެހޭ: ނައިބު ރައީސް
7 ގަޑިއިރު ކުރިން

ރަޝިޔާގައި ރާއްޖެ އިޝްތިހާރު ކޮށްފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)