
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިގެން ހޯދަން ފަށައިފި

މުޙައްމަދު ފަޟްލޫން - 21 މޭ 2026 - 11:06
ބަލިހާލަތާ ގުޅިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލާފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާމަކުރެއްވި ގޮތުގައި، ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް ފިލާފައިވަނީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ލ. މާބައިދޫ، ޝަބްނަމް ހައުސް، ހުސެއިން ޝަހުބާންއެވެ. އޭނާ ހޯދުމަށްޓަކައި ފުލުހުންނާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ވިދާޅުވިއެވެ.
މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް ފުލުހުންގެ ނަންބަރު 3322111 އަށް ގުޅުއްވައި އެކަން ހިއްސާކުރުމަށް ކަރެކްޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ފަރުވާއަށް ގެންދިޔަ ގައިދީއަކު ފިލި މި މައްސަލަ ފެންމަތިވެފައިވާއިރު، މި މަހުގެ 8 ވަނަ ދުވަހު ގއ. އަތޮޅު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުންދިޔަ ބަންދު މީހަކުވެސް ވަނީ ފިލާފައެވެ. ނަމަވެސް، ފުލުހުން ކުރި މަސައްކަތުން އެ މީހާ ވަނީ ހަމަ އެ ދުވަހު އަލުން ހައްޔަރުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުސްވި މަހު ރަސްމީ ރިޒާވްގައި ހުރީ 717.9 މިލިޔަން ޑޮލަރު: އެމްއެމްއޭ
4 ގަޑިއިރު ކުރިން

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ހިންގަން ޑޮކްޓަރ މުޙައްމަދު މާހިދު ޝަރީފު ހަމަޖައްސައިފި
4 ގަޑިއިރު ކުރިން

މިއީ ނަޝީދު ވާދަކުރަންވީ އިންތިހާބެއް ނޫން: ރައީސް ސޯލިހް
4 ގަޑިއިރު ކުރިން

ކުޅިތަކާއި ކަނޑޫފާތައް ހިމާޔަތްކުރަން އީޔޫއިން މާލީ އެހީތެރިކަން ދީފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)