logo

މިއީ ނަޝީދު ވާދަކުރަންވީ އިންތިހާބެއް ނޫން: ރައީސް ސޯލިހް

profile

މުޙައްމަދު ފަޟްލޫން - 21 މޭ 2026 - 10:21

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިހާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަންޖެހޭ އިންތިހާބެއް ނޫންކަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެމްޑީޕީގެ ފަރާތުން ރޭ ހިންނަވަރު އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ޗެއަރޕާސަންގެ އިންތިހާބުގައި އެމަނިިކުފާނު ތާއީދު ކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަދި ޗެއަރޕާސަން ކެންޑިޑޭޓް މީކާއިލް އަހްމަދު ނަސީމް އަށް ކަމަށެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ މިފަހަރު ބާއްވާ ޗެއަރޕާސަން އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރަން ނުފެންނަ ކަމަށް ވިދާޅުވީ އެއަށްވުރެ މުހިއްމު މަސައްކަތްތައް ކުރައްވަން ހުރީމަ ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

ޗެއަރޕާސަން އިންތިހާބުގައި 3 ބޭފުޅުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ނަޝީދު ގެ އިތުރުން މީކާއިލް ހިމެނެއެވެ.

ރައީސް ސޯލިހް ވިދާޅުވީ މިވަގުތަކީ ޒުވާނުންނަށް ފުރުސަތު ދޭންވީ ވަގުތު ކަމަށެވެ.

އުފަންރަށް ހިންނަވަރުގައި ހުންނަވައި ރައީސް ސޯލިހް ވަނީ އެމްޑީޕީގެ ލީޑަރޝިޕަށް އައު ބަޔަކު ގެނެސް ހިންގުން ހަރުދަނާކޮށް ވަރުގަދަކުރަން ގޮވާލައްވާފައެވެ.

ރައީސް ސޯލިހް އާއި ރައީސް ނަޝީދުގެ ގުޅުން ގޯސްވީ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ދެބޭފުޅުން ވާދަކުރެއްވުމަށް ފަހު ރައީސް ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރެއްވި ހިސާބުންނެވެ. ނަމަވެސް މިހާރު ދެ ބޭފުޅުންގެ ގުޅުން މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އެމްޑީޕީގެ އާއްމު މެމްބަރުން ދަނީ ބުނަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk