logo

ކުޅިތަކާއި ކަނޑޫފާތައް ހިމާޔަތްކުރަން އީޔޫއިން މާލީ އެހީތެރިކަން ދީފި

profile

މުޙައްމަދު ފަޟްލޫން - 21 މޭ 2026 - 09:31

https://wamco.com.mv/

ދިވެހިރާއްޖޭގެ ކުޅިތަކާއި ކަނޑޫފާތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ދިވެހި ސަރުކާރާ ދެމެދު މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކޮމިއުނިޓީ ބޭސްޑް މެންގްރޫވް ޕްރޮޓެކްޝަން އެންޑް ރިޖެނެރޭޝަން އިން ދަ މޯލްޑިވްސް ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ، ރާއްޖޭގެ ގުދުރަތީ ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކަށް ރޭކާލުމުގެ ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ މަޝްރޫއެކެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ އަބްދުއްސަމަދެވެ.

އީޔޫގެ ފަރާތުން މި އެއްބަސްވުން ހަވާލުކޮށްދެއްވީ އެ ޖަމާއަތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ވަފުދުގެ ހެޑް އޮފް ކޯޕަރޭޝަން ޑރ. ޔޯހަން ހެސޭ އެވެ.

މި މަޝްރޫއުގެ ދަށުން އީޔޫއިން ރާއްޖެއަށް 4 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 67 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ފޯރުކޮށްދޭނެއެވެ. މި އެހީގެ މައިގަނޑު މަގުސަދަކީ ރަށްރަށުގެ މުޖުތަމައުތަކުގެ ފުރިހަމަ ބައިވެރިވުމާއެކު ކުޅިތައް ހިމާޔަތްކޮށް، އައްސޭރިފަށުގެ ރައްކާތެރިކަން ދެމެހެއްޓުމެވެ. މިއީ ޕެރިސް އެގްރީމަންޓުގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ 'ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް' (އެންޑީސީ) 3.0 ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، ސްޓޭޓް މިނިސްޓަރ ޝެރީނާ ވަނީ ރާއްޖޭގެ ތަރައްގީގެ އެކި ދާއިރާތަކުން، ވަކިން ހާއްސަކޮށް ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި އީޔޫއިން ދެމުންގެންދާ މެދުކެނޑުމެއްނެތް އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެ ޖަމާއަތަށް ޝުކުރު އަދާކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk