logo

އިންޑިއަން އޯޝަން ޑައިލޮގް ގައި ބައިވެރިވުމަށް ރައީސް ނަޝީދު އިންޑިއާއަށްް ފުރާވަޑައިގެންފި

profile

މުޙައްމަދު ފަޟްލޫން - 06 މޭ 2026 - 08:21

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ކުރިއެރުމާ ގުޅޭގޮތުން ބާއްވާ އިންޑިއަން އޯޝަން ޑައިލޮގް (އައި.އޯ.ޑީ) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

https://wamco.com.mv/

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގެ މިއަހަރުގެ ޝިއާރަކީ "އިންޑިއަން އޯޝަން ރީޖަން: އިން އަ ޓްރާންސްފޯމިން މައިންޑް އެވެ.

މި ބައްދަލުވުމުގެ ތެރެއިން ރައީސް ނަޝީދު ހާއްސަ ތަގުރީރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ ތަގުރީރު ބިނާކުރައްވާނީ ޑިޒާސްޓާ ރިސްކް މެނޭޖުމަންޓް ނުވަތަ ކާރިސާތަކުގެ ނުރައްކާ މެނޭޖުކުރުމުގެ މައުލޫއުގެ މައްޗަށެވެ.

މީގެ އިތުރުން، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދިވެހިރާއްޖެއަށް އަދާކުރެވިދާނެ މުހިންމު ދައުރާއި، އިގުތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން ފަހިވެފައިވާ ފުރުސަތުތަކާ ގުޅޭގޮތުން އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް ނަޝީދުގެ އޮފީހުން މައުލޫމާތު ދެއެވެ.

މި ދަތުރުފުޅުގެ ތެރެއިން އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk