
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ނުކުރަން ސިނާން ނިންމައިފި

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 09:40
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން، އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމަވައިފިއެވެ.
ސިނާން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ނިންމެވުމަކީ ދާއިރާގެ ރައްޔިތުންނާ އެކު ކުރެވުނު ފުޅާ މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި މި ނިންމެވުން ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ޕާޓީގެ ލީޑަރޝިޕަށް މިހާރު އަންގަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންތިޚާބުގައި ވާދަނުކުރެއްވި ނަމަވެސް، މި ގޮނޑި ކާމިޔާބުކުރުމަށްޓަކައި ޕާޓީން ނުކުންނަވާ ކެންޑިޑޭޓަކު އިންތިޚާބު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެންމެ ފުޅާ ދާއިރާއެއްގައި ކުރައްވާނެ ކަމުގެ ޔަޤީންކަން ސިނާން ވަނީ އަރުއްވާފައެވެ.
މީގެ އިތުރުން، ނިމިދިޔަ ޕީއެންސީގެ އެތެރޭގެ ޕްރައިމަރީގައި އޭނާއަށް ތާއީދުކޮށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ސިނާން ޝުކުރު އަދާކުރެއްވިއެވެ. އަދި ޕްރައިމަރީ އިންސާފުވެރިކަމާއި އޮމާންކަމާއެކު ކުރިއަށްދިޔަކަން ފާހަގަކުރައްވައި، އޭނާ ހޯއްދެވި ކާމިޔާބީއާ ގުޅިގެން ޕާޓީގެ ރައީސާއި ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށްޓަކައިވެސް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނީ ސައީދު
ގަޑިއިރެއް ކުރިން

މިއަހަރު ހައްޖަށްދާ މީހުންނަށް ފޮއްޓާއި ކިޓް ހަައްޖު ކޯޕަރޭޝަނުން ހަވާލްކުރަން ފަށައިފި
ގަޑިއިރެއް ކުރިން

ޕާޓީ ބަދަލުކުރުން މަޖިލިސް މެމްބަރު ކަމުގެ ގޮނޑިގެެއްލޭނެ ކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅައިފި
2 ގަޑިއިރު ކުރިން

ވިސާ އާއި ނުލާ 90 ދުވަހު އަޒަރުބައިޖާނަށް ދިވެހިންނަށް ދަތުރުކުރެވޭގޮތް ހަދައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)