
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އާމިނަތު ޝަޒްލާ - 08 ޖޫން 2026 - 13:12
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ފުލުހުން ސޯޝަލް މީޑިއާއަށް ކުރި މެސެޖެއްގައެވެ.
ފުލުހުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިތިގަސް މަގުގެ އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި ނުރައެކްސިޑެންޓް ހިނގައިފައިވާ ކަމަށެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ޖޫން 7 ވަނަ ދުވަހުގެ ރޭ 21:26 ހާއިރުއެވެ.
މި އެކްސިޑެންޓްގައި މަގު ހުރަސްކުރި މީހާއަށް އެކި ވަރުގެ އަނިޔާވެފައިވެއެވެ. އެމީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެއީ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.






.gif&w=3840&q=75)