
އަމާނާތަކީ ވަރަށް މަތިވެރި، އަދި ބޮޑުވެގެންވާ، އެހައިމެ ބުރަދަންހުރި އެއްޗެއް: ޚުޠުބާ

އާމިނަތު ޝަޒްލާ - 26 ޖޫން 2026 - 08:35
އިސްލާމްދީނުގައި އަމާނާތަކީ ވަރަށް މަތިވެރި، އަދި ބޮޑުވެގެންވާ، އެހައިމެ ބުރަދަންހުރި އެއްޗެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "އަމާނާތްތަކަށް ރައްކާތެރިވުން" މިއެވެ.
އަމާނާތުގެ މާނައަކީ ހަމައެކަނި މީސްތަކުންގެ މުދަލާއި ރައްކާކުރާންދޭ ތަކެތި ރައްކާކުރުން އެކަންޏެއްނޫންކަމަށާއި، އަމާނާތުގައި އެއަށް ވުރެ މާ ތަނަވަސް ފުޅާ މާނައެއް އެކުލެވިފައިވާ ކަމަށާއި، އެއިގެ ތެރޭގައި މާތް اللهގެ ޙައްޤުތަކާއި މީސްތަކުންގެ ޙައްޤުތަކުގެ ތެރެއިން އިންސާނާއާ ޙަވާލުކުރެވިފައިވާ ހުރިހައި ޙައްޤުތަކެއް ހިމެނޭ ކަމަށް ވެސް ވަނީ ހުތުބާގައި ބުނެފައެވެ.
އަމާނާތްތަކަށް ރައްކާތެރިވުމަކީ ފިރުދައުސޭ ކިޔުނު ސުވަރުގޭގެ ވާރުތަވެރީންގެ ސިފަތަކުގެ ތެރެއިން ސިފައެއްކަމުގައި ލައްވައިފައެވެ. އިސްލާމްދީނުގައި އަމާނާތަކީ ވަރަށް މަތިވެރި، ބޮޑުވެގެންވާ އަދި އެހައިމެ ބުރަދަންހުރި އެއްޗެކެވެ. މުއުމިނެއްގެ އީމާންކަން ފުރިހަމަވާނީ އޭނާއަކީ އަމާނާތްތެރިއަކަށްވެގެންކަމަށް ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.
އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާކަމަށާއި، މިއީ ބޮޑުވެގެންވާ އަމާނާތެއް ކަމަށާއި މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑުކަމަށާއި ސަބަބަކީ އެއީ މުޅި މުޖުތަމަޢުގެ ޙައްޤަކަށްވާތީ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ވަށައިގެންވާ ޤުދުރަތީ ވެށްޓާއި ދިރޭތަކެއްޗަކީ ވެސް، އަންނާންއޮތް ޖީލުތަކަށް ޓަކައި ރައްކާތެރިކުރުމަށް މާތް الله އަހަރެމެންނާ ޙަވާލުކުރައްވައިފައިވާ ބޮޑުވެގެންވާ އަމާނާތެއްކަން ހަނދާންކުރަން ޖެހޭ ކަމަށާއި ތިމާވެއްޓަށް ގެއްލުން ނުދީ، އިސްރާފުނުކޮށް ހެޔޮ ގޮތުގައި ބޭނުންކުރުމަކީ ވެސް އަމާނާތްތެރިކަމުގެ ތެރެއިންވާ ކަމެއްކަމުގައި ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

"ވެނެޒުއެލާ ބިންހެލުން" ގެއްލިފައިވާ އެތައް ހާސް ބަޔަކު ހޯދަނީ
5 ގަޑިއިރު ކުރިން

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
5 ގަޑިއިރު ކުރިން

ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ފެން ޓެސްޓުކުރަނީ: ސިޓީ ކައުންސިލް
7 ގަޑިއިރު ކުރިން

ދެ މަސް ބޯޓުން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވޭ: އެމްއެންޑީއެފް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)