.jpg&w=3840&q=75)
ވަޒަން އަޅާފައިވާ މެގަޒިނެއް އެތެރެކުރަން އުޅުނު އެމެރިކާ މީހަކު ހައްޔަރުކޮށް ބަންދުކޮށްފި

އާމިނަތު ޝަޒްލާ - 25 އޯގަސްޓު 2026 - 12:56
ރާއްޖެއަށް ވައިގެ މަގުން އެތެރެވި އެމެރިކާގެ ރައްޔިތެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނުނު މައްސަލައެއްގައި އޭނާ ހައްޔަރުކޮށް، ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމެރިކާއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ކޮބޯލް ބްރިޓެއިން ޓައިލަރ ކަމަށެވެ.
އޭނާ ރާއްޖެ އެތެރެވާން އުޅެނިކޮށް، ގެނައި ލަގެޖު ބަލައި ފާސްކުރިއިރު ވަޒަން އަޅާފައިވާ މެގަޒިނެއް ފެނިފައިވަނީ އޯގަސްޓް 24 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބޭންކިން ނިޒާމު ހަރުދަނާކުރަން އެމްއެމްއޭއިން ޤާނޫނުތައް އިސްލާހުކުރަނީ
14 ގަޑިއިރު ކުރިން

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނުގެ ބައިވެރިންގެ ވަރުގަދަ ރައްދެއް!
14 ގަޑިއިރު ކުރިން

ލާމު އަތޮޅުގައި އެމްޓީސީސީ އިން ފޯރުކޮށްދޭ ފެރީގެ ޚިދުމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް
16 ގަޑިއިރު ކުރިން

މުވައްޒަފުން ނުލިބޭނަމަ އަތޮޅުގެ އެހެން ރަށަކުން ނެގުމުގެ ހުއްދަ ކައުންސިލްތަކަށް!
2 ދުވަސް ކުރިން


