
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އަރިއަތޮޅީ އުތުރުބުރީ މާލަހު ކައުންސިލާއި، އޭޓީއެމް ކޮމިޓީއާއި، އެ ޖަޒީރާގެ ބައެއް މުއައްސަސާތަކުގެ އޮފިޝަލުންނާ ބައްދަލު ކުރެއްވުމުގެ ތެރެއިން
މުވައްޒަފުން ނުލިބޭނަމަ އަތޮޅުގެ އެހެން ރަށަކުން ނެގުމުގެ ހުއްދަ ކައުންސިލްތަކަށް!

އާމިނަތު ޝަޒްލާ - 24 އޯގަސްޓު 2026 - 13:29
އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތްތަކުގައި، އެ އަތޮޅެއްގެ އެހެން ރަށަކުން މުވައްޒަފުން ވަޒީފާއަށް ނެގޭނެ އިންތިޒާމު ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ހަމަޖައްސައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ، އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ދިމާވާ މުވައްޒަފުން ނުލިބުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ މަޤްޞަދުގައި އެކުލަވާލި ޚާއްޞަ އުޞޫލެއްގެ ދަށުންނެވެ.
މި އުޞޫލު ބަޔާންކުރާ ގޮތުގައި، މި އުޞޫލުގެ ދަށުން މުވައްޒަފުން ހޯދުމަށް އިޢުލާނު ކުރެވޭނީ ކައުންސިލުގެ އިދާރީ އޮނިގަނޑުގައި ހިމެނޭ އަދި ބަޖެޓު ހަމަޖެހިފައިވާ މަޤާމުތަކަށެވެ. އަދި މިފަދަ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށް ފުރުޞަތު ހުޅުވާލާނީ ވަޒީފާ އޮތް ރަށް ނިސްބަތްވާ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށެވެ.
އަލަށް އެކުލަވާލި އުޞޫލުގެ ދަށުން ވަޒީފާ ހަމަޖެހޭ މުވައްޒަފުންނަށް، އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލް އިދާރާއަށް ޙާޒިރުވެގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ނަމަވެސް، ޝަރުޠަކީ އެ މުވައްޒަފަކު ދިރިއުޅޭ ރަށަކީ ވަޒީފާ އޮތް ކައުންސިލް ނިސްބަތްވާ އަތޮޅުގެ ރަށަކަށް ވާންޖެހުމެވެ.
މި އުޞޫލުގެ ދަށުން ނަގާ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމުގައި ޢަމަލުކުރާނީ "ދައުލަތުގެ ޕޭ ފްރޭމްވަރކުގެ މިންގަނޑު" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީގެއިތުރުން، ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުން ފަދަ އެންމެހައި އިދާރީ ކަންކަން ކުރިއަށްދާނީ ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށެވެ.
އަދި މިފަދަ މުވައްޒަފުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް ބަލަހައްޓާނީ، އެ މުވައްޒަފަކު ޙާޒިރުވެ މަސައްކަތްކުރާ ރަށު ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތު އަދާކުރާ ފަރާތުން ކަނޑައަޅާ އޮފިޝަލެއް ކަމަށްވެސް ސީއެސްސީގެ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އީރާނުގެ އިޤްތިޞާދަށް އައު އުންމީދެއް: ގުދުރަތީ ގޭހުގެ އައު ރިޒާވެއް ފެނިއްޖެ
9 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ރަޝިޔާ މާކެޓް އައު އުސްމިނަކަށް: ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ލައްކަ ފަހަނައަޅައިފި
9 ގަޑިއިރު ކުރިން
ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި 4 މީހަކަށް! އެކަކު ވެންޓިލޭޓަރުގައި!
14 ގަޑިއިރު ކުރިން

އިންފޮމޭޝަން ކޮމިޝަނަރ ކަން އަލުން ލިބިއްޖެނަމަ މައުލޫމާތު ބޭނުން ވުމުގެ ކުރިން ހާމަކޮށްދޭނަން: އަޒީޒް
14 ގަޑިއިރު ކުރިން


