logo

ރަޝިޔާ މާކެޓް އައު އުސްމިނަކަށް: ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ލައްކަ ފަހަނައަޅައިފި

profile

އާމިނަތު ޝަޒްލާ - 24 އޯގަސްޓު 2026 - 13:24

މި އަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

https://wamco.com.mv/

މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާއިން ރާއްޖެއަށް 202,496 (ދެލައްކަ ދެހާސް ހަތަރަސްތޭކަ ނުވަދިހަ ހައެއް) ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިއަހަރު ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 14.7 އިންސައްތައެވެ. މި އަދަދާއެކު ރަޝިޔާ ވެފައިވަނީ މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައި މިވަގުތު އޮތީ އަވަށްޓެރި ޗައިނާއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާއިން މިހާތަނަށް 256,983 (ދެލައްކަ ފަންސާސް ހަހާސް ނުވަސަތޭކަ އައްޑިހަ ތިނެއް) ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެއީ ޖުމްލަ ފަތުރުވެރިންގެ 18.6 އިންސައްތައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,405,082 (އެއް މިލިއަން ހަތަރު ލައްކަ ފަސް ހާސް އަށްޑިހަ ދޭއް) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިހާރުވެސް ފަތުރުވެރިކަމުގެ ދާއިރާގައި 1,321 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ރިޒޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީ އުޅަނދުފަހަރު ހިމެނެއެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ޖުމްލަ 68,494 (ތަސްދޮޅަސް އަށްހާސް ހަތަރުސަތޭކަ ނުވަދިހަ ހަތަރެއް) އެނދު މިހާރު ދަނީ އޮޕަރޭޓް ކުރަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާވެ، ދުނިޔޭގެ މުހިންމު މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

https://wamco.com.mv/
tel:+9607331319