ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި 4 މީހަކަށް! އެކަކު ވެންޓިލޭޓަރުގައި!

ރިޟްވާން މޫސާ - 24 އޯގަސްޓު 2026 - 08:19
ރޭ ފަތިހު މއ. ދޫގަސްވިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި 4 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށާއި މީގެ ތެރެއިން އެކަކު ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވާ ކަމަށް ބެލެވެނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. ފުލުހުން ބުނީ ފުލުހުންނަށް މި ހާދިސާގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5:27 ހާއިރު ކަމަށެވެ.
އެންޑީއެމްއޭއިން ވިދާޅުވީ މިހާދިސާގައި އަލިފާން ފުރަތަމަ ރޯވީ މއ. ދޫގަސްވިލާ ގޭގެ 2 ފަންގިފިލާއަށް ހަދާފައިވާ އިމާރާތުގައި ކަމަށެވެ. މިއިމާރާތުގެ 5 ކޮޓަރިއެއްގައި ތިބި 15 ބިދޭސީން ރައްކާތެރިކަމާއެކު އެތަނުން ބަދަލުކުރެވިފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
ދޫގަސްވިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި 4 މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނައިރު އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށެވެ. އަނެއް ތިން މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. މީގެތެރޭގައި ހިމެނެނީ އިންޑިއާ 3 މީހުންނާއި ސްރީލަންކާގެ މީހެކެވެ.
އެންޑީއެމްއޭއިން ވިދާޅުވީ ދޫގަސްވިލާގެއާ އިންވެގެން ހުރި އިމާރާތުގެ ފެނުގެ ޚިދުމަތްތައް މެދުކެނޑުމާ ގުޅިގެން، އެ އިމާރާތުގައި ދިރިއުޅޭ 26 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ. މީގެ ތެރޭގައި 20 ދިވެހިންނާއި 6 ބިދޭސީން ހިމެނެއެވެ.
އަދި އަލިފާން ރޯވި އިމާރާތާއި އެއާ އިންވެގެން ހުރި މއ.ދޫގަސް 1ގައި ދިރިއުޅޭ ޖުމްލަ 41 މީހަކަށް މި ހާދިސާގެ އަސަރުކޮށް ވަގުތީގޮތުން އެތަންތަނުން ބަދަލުކުރެވިފައިވާ ކަމަށެވެ. މިފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއިން އަންނަނީ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މުވައްޒަފުން ނުލިބޭނަމަ އަތޮޅުގެ އެހެން ރަށަކުން ނެގުމުގެ ހުއްދަ ކައުންސިލްތަކަށް!
10 ގަޑިއިރު ކުރިން

އީރާނުގެ އިޤްތިޞާދަށް އައު އުންމީދެއް: ގުދުރަތީ ގޭހުގެ އައު ރިޒާވެއް ފެނިއްޖެ
10 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ރަޝިޔާ މާކެޓް އައު އުސްމިނަކަށް: ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ލައްކަ ފަހަނައަޅައިފި
10 ގަޑިއިރު ކުރިން

އިންފޮމޭޝަން ކޮމިޝަނަރ ކަން އަލުން ލިބިއްޖެނަމަ މައުލޫމާތު ބޭނުން ވުމުގެ ކުރިން ހާމަކޮށްދޭނަން: އަޒީޒް
15 ގަޑިއިރު ކުރިން


