
އިންފޮމޭޝަން ކޮމިޝަނަރ ކަން އަލުން ލިބިއްޖެނަމަ މައުލޫމާތު ބޭނުން ވުމުގެ ކުރިން ހާމަކޮށްދޭނަން: އަޒީޒް

ރިޟްވާން މޫސާ - 24 އޯގަސްޓު 2026 - 08:10
އިންފޮމޭޝަން ކޮމިޝަނަރ ކަމުގެ މަގާމު އަލުން ލިބިވަޑައިގެންފިނަމަ އެންމެ ބޮޑަށް ބޭނުންފުޅުވެލައްވަނީ މައުލޫމާތު ހޯދަން އެދުމުގެ ކުރިން މައުލޫމާތު ހާމަކޮށްފައި ހުރިކަން ޔަގީންކުރަން ކަމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.
އައު އިންފޮމޭޝަން ކޮމިޝަނަރ ކަމުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރުގެ ނަންފުޅު ރައީސުލް ޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފަ އެވެ.
ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އަކީ މީގެ ކުރިން ވެސް އެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
އިންފޮމޭޝަން ކޮމިޝަނަރަކަށް އޭނާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަރުހަލާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވީ މައުލޫމާތު ހޯދައި ލިބުމުގެ ޙައްގުގެ ޤާނޫނުގެ މަގުސަދަކީ ރައްޔިތުންނަށް މައުލޫމާތު ހޯދައިދިނުން ކަމަށާއި އެ މަގުސަދު ހާސިލްކުރައްވާނީ ޑިޕްލޮމަސީގެ ތެރެއިން ކަމަށެވެ.
އެގޮތުން، ރައްޔިތުން ހުށަހަޅާ ކަންކަމުގައި މައުލޫމާތު ފޯރުކޮށްދިނުމަށް އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށާއި އާންމު އަޑުއެހުންތައް ބާއްވާނީ އެއްވެސް ގޮތަކުން އެ މައުލޫމާތު ނުލިބުމުން ކަމަށްވެސް ވިދާޅުވިއެވެ.
ޢަބްދުލްޢަޒީޒު ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ދެވަނަ ފަހަރަށް ކުރިމަތިލާން ނިންމެވީ އެ މަޤާމުގައި ކުރިން ހުންނެވިއިރު ގެންގުޅުއްވި އަސާސްތައް ނެތިގެންދާތީ، އެ އަސާސްތައް އަލުން ދިރުވުމަށް ކަމަށެވެ.
މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމާ ހަވާލުވުމަށްފަހު މިހާރު ހުރި ބައެއް ކަންކަން ހައްލުކުރައްވާނެ ކަމަށާއި އެގޮތުން، ވެބްސައިޓު ރަނގަޅު ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ޢަބްދުލްޢަޒީޒް ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ވަޒަން އަޅާފައިވާ މެގަޒިނެއް އެތެރެކުރަން އުޅުނު އެމެރިކާ މީހަކު ހައްޔަރުކޮށް ބަންދުކޮށްފި
13 ގަޑިއިރު ކުރިން

ބޭންކިން ނިޒާމު ހަރުދަނާކުރަން އެމްއެމްއޭއިން ޤާނޫނުތައް އިސްލާހުކުރަނީ
13 ގަޑިއިރު ކުރިން

ކުށްކޮށްގެން ހޯދާ މުދަލާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި
13 ގަޑިއިރު ކުރިން

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނުގެ ބައިވެރިންގެ ވަރުގަދަ ރައްދެއް!
13 ގަޑިއިރު ކުރިން


