
ޙައްޖުގައި ތިބޭ މުއްދަތު ކުރުކޮށްލި ވާހަކައަކީ ހަޤީޤަތާއި ޚިލާފް ވާހަކައެއް: މިނިސްޓަރ

އައިޝަތު އިބްރާހިމް - 02 ޖޫން 2025 - 17:55
ޙައްޖުގައި ޙާޖީން ތިބޭ މުއްދަތު ކުރުކޮށްލި ކަމަށް ބުނެ ދައްކަމުންދާ ވާހަކައަކި ޙަޤީޤަތާއި ޚިލާފް ވާހަކައެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލި ސާޢީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކާއި ހިއްސާކުރެއްވި މެސެޖްގައި މިނިސްޓަރ ވިދާޅުވީ، ޙައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކައަކީ ޙަޤީޤަތާއި ޚިލާފް ވާހަކައެއް ކަމަށެވެ. 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދީފައިވެއެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ ފުރަތަމަ ފްލައިޓަކުން ދިޔަ މީހުން 18 ދުވަސް، އަނެއް 3 ފްލައިޓުން ދިޔަ މީހުން 19 ދުވަހު ސަޢޫދީ ޢަރަބިޔާގައި ތިބޭނެ ކަމަށެވެ. މިނިސްޓަރ ޝަހީމް މީޑިއާތަކާއި ހިއްސާކުރެއްވި މެސެޖްގައި ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން ހައްޖަށްދާ މީހުން ސަޢޫދީގައި ތިބި ނަމަވެސް، މި ފަހު އަހަރުތަކުގައި ޢާއްމުކޮށް 22 އާއި 25 ދުވަހު ދެމެދު ހޭދަކޮށްފައިވާ ކަމަށެވެ.
އެއީ ޙައްޖު ނިންމާފަ މަދީނާއަށް އައިސް މައްކާއަށް އެނބުރިދާތީ ކަމަށާއި، ނަމަވެސް މިފަހަރު ޙައްޖު ނިންމާފަ މަދީނާއަށް އައިސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާގޮތަށް ހަމަޖައްސާފައިވަނީ ޙައްޖުވެރިންގެ ރައްކާތެރިކަމާއި މަޞްލަޙަތާއި މޫސުމަށް ބަލައި ޞިއްޙަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިޢާޔަތްކުރުމުގެ ގޮތުން ކަމަށެވެ.
ޤައުމީ މިފަދަ ކަންކަމުގައި ޙަޤީޤަތް އޮޅޭ ގޮތައް ވާހަކަ ނުދެއްކެވުން މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާމެދު މަޝްވަރާކޮށްގެން ޙައްލެއް ހޯދާނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ސަޢޫދީ ޢަރަބިއާއަށް ދިޔަ ޙާޖީންގެ ފުރަތަމަ ފްލައިޓް މާލެ އައުމަށް ހަމަޖެހިފައިވަނީ 13 ޖޫންގައެވެ. 2 ފްލައިޓް އައުމަށް ހަމަޖެހިފައިވަނީ 14 ޖޫންގައި، 3 ވަނަ ފްލައިޓް މާލެ އައުމަށް ހަމަޖެހިފައިވަނީ 17 ޖޫން އަދި 4 ވަނަ ފްލައިޓް އައުމަށް ހަމަޖެހިފައިވަނީ 16 ޖޫންގައި ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި ޙާޖީންގެ ކަންކަމުގައި އުޅުއްވާ އެޑްވާންސް ޓީމް މާލެ އައުމަށް ހަމަޖެހިފައިވަނީ 21 ޖޫން 2025 ގައި ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ ޙާޖިންނަށް ސަޢުދީ ސަރުކާރުން ވަނީ ގިނަގުނަ ލުއިފަސޭހަތަކެއް ކޮށްދެއްވާފައެވެ. މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް 1000 މީހުން ސަޢުދީ ޢަރަބިއާއަށް ވަނީ ގޮސްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މޯލްޑިވިއަން ކެބިން ކުރޫއިންނާއި ޕައިލެޓުންނަށް ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
7 ގަޑިއިރު ކުރިން

ކޮޅުފުށީގައި ގާއިމްކުރާ ހައުސިންގ ޔުނިޓްތަކުގެ ފެނާއި ނަރުދަމާ ގާއިމްކުރަން ފެނަކަ އާއި ހަވާލްކޮށްފި
7 ގަޑިއިރު ކުރިން

ޕީސީބީ އިން އާސަންދަ އާއި ބައްދަލުކޮށްފި
ދުވަހެއް ކުރިން

ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި
2 ދުވަސް ކުރިން


