logo

ގިނަ އަދަދެއް ބައިވެރީންނާއެކު "މުޅި ލާމު ޣައްޒާއާއެކު" ވެހިކަލް ބުރު ބާއްވައިފި

profile

ޒިދާން މުޙައްމަދު - 18 އޭޕްރީލު 2025 - 12:30

https://wamco.com.mv/

ގިނަ އަދަދެއް ބައިވެރީންނާއެކު "މުޅި ލާމު ޣައްޒާއާއެކު" ވެހިކަލް ބުރު މިއަދު ބާއްވައިފިއެވެ.

"މުޅި ލާމު ޣައްޒާއާ އެކު" މި ހަރަކާތަކީ ޣައްޒާއާ އެކު ލ. އަތޮޅުގެ ރައްޔިތުން ތިބިކަން އަންގައިދިނުމަށް، ލ. ގަން އަދި ފޮނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި މަދަނީ ޖަމްޢިއްޔާތަށް ގުޅިގެން ބޭއްވި ޚާއްޞަ ވެހިކަލް ބުރެކެވެ.

މި ވެހިކަލް ބުރު ފަށާފައި ވަނީ ފޮނަދޫއިން ފޮނަދޫ ކައުންސިލް ދޮރުމަތިން އަދި ގަމުން ގަމު ތުނޑީ މަގުކޮޅުންނެވެ.

undefined މުޅި ލާމު ޣައްޒާއާއެކު ހަރަކާތުގެ ތެރެއިން --- ފޮޓޯ: ޢިލްމު

މި ދެ ސަރަހައްދުން ވެސް ހަރަކާތް ފެށީ ހަވީރު 4:00 ގައެވެ. މި ވެހިކަލް ބުރުގެ ނިންމާ ޕޮއިންޓަކީ ފޮނަދޫ މަގުކޮޅެވެ.

މި ހަރަކާތް ހުށަހަޅައިދީފައި ވަނީ ޕްރެޒެންޓަރ އަދި ނޫސްވެރިޔާ އަޙްމަދު ޙަމީދު އާދަމްއެވެ.

މި ހަރަކާތުގައި ދީނީ އިލްމުވެރިންގެ ގޮތުގައި އައްޝައިޚް ޚާތިމް ޔޫސުފް އަދި ޝައިޚް އާދަމް ނިޝާން ބައިވެރިވެފައިވެއެވެ.

މި ހަރަކާތުގައި އަތޮޅުތެރެއިން، ލ. މާބައިދޫގެ ޓީމެއްވެސް ބައިވެރިވިއެވެ.

މި ސިލްސިލާގެ ދަށުން އެ އަތޮޅު މާވަށުގައިވެސް މާދަމާ ވެހިކަލް ބުރެއް އޮންނާނެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay