logo

ގަލޮޅު ކަންމަތީގައި ހުންނަ ގޭގައި ހިނގާފައިވަނީ އަމިއްލަ އަށް މަރުވުމުގެ ހާދިސާއެއް: ފުލުހުން

profile

މުޙައްމަދު ފަޟްލޫން - 01 އޭޕްރީލު 2026 - 13:12

މާލޭގެ ގަލޮޅު ކަންމަތީގައި ހުންނަ ގޭގައި މިއަދު ހިނގާފައިވާ ހާދިސާ އަކީ އަމިއްލަ އަށް މަރުވުމުގެ ހާދިސާއެއް ކަަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

https://wamco.com.mv/

ގަލޮޅު ކަންމަތީގައި ހުންނަ ވެސްޓްލައިޓް ގޭގައި ބަޔަކުމީހުން ވެގެން މީހަކު ދަންޖައްސައި މަރާލާފައިވާކަމަށް ބުނެ މީސް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން ފުލުހުން ބުނީ އެގޭގައި ހިނގާފައިވާ ހާދިސާ އަކީ ދަންޖެހުމާއި ގުޅުންހުރި ހާދިސާއެއް ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައަކީ އަމިއްލައަށް މަރުވުމުގެ މައްސަލައެއް ކަމަށެވެ.

އަމިއްލަ އަށް މަރުވުމުގެ މައްސަލަތައް ރިޕޯޓް ކުރުމުން އެކަމާއި ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެ ހާދިސާގައި ތުހުމަތުކުރެވޭ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަމިއްލަ އަށް މަރުވުމުގެ މައްސަލަތަކުގެ ތަފްސީލް ހާމަނުކުރާ ކަމަށް ބުނެ ފުލުުން އެމައްސަލައިގެ އިތުރު ތަފްސީލް އާއްމުކޮށްފައެއް ނުވެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ޑްރަގް ކެފޭ އަކުން މީހަކު މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު އެވެ.

ހާދިސާ ހިނގާފައިވަނީ ގަލޮޅުގައި ހުންނަ ވެސްޓްލައިޓް ކިޔާ ފަޅު ގެއެއްގެ ތެރޭގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެ ތަނަށް ދިޔައިރު އޭނާ ހުރީ ދަންޖެހޭ މަޅީގަ އެެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk