logo

އޭޕްރިލް 04 ވަނަ ދުވަހު މާލޭގެ މަގުތަކުގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 01 އޭޕްރީލު 2026 - 13:11

އޭޕްރިލް 04 ވާ ހޮނިހިރު ދުވަހު މާލޭގެ މަގުތަކުގައި ބަރު އުޅަނދު ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީ އިން މަނާކޮށްފިއެވެ.

https://wamco.com.mv/

ޓްރާންސްޕޯޓް މިނިސްޓްރީގެ އެކްސް ޕޯސްޓެއްގައި ބުނީ އޭޕްރިލް 04 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބުގެ ވޯޓްލުން ކުރިއަށްދާނެތީ މާލޭގެ މަގުތަކުގައި ބަރު އުޅަނދު ދުއްވުން މަނާކުރާ ކަމަށެވެ.

04 އޭޕްރީލް ވާ ހޮނިހިރު ދުވަހު މާލޭގެ މަގުތަކުގައި ހެނދުނު 6 އިން ރޭގަނޑު 11 އާއި ދެމެދު ބަރު ވެހިކަން ދުއްވުން މަނާކޮށްފައިވަނީ މަގުމަތީގެ އަމާންކަން ދެމެހެއްޓުމާއި ދަތުރުފަތުުރުގެ ތޮއްޖެހުން ކުޑަކުރުމަށް ކަމަށް ޓްރާންޕޯޓުން ވަނީ ބުނެފައެވެ.

އަންނަ ހޮނިހިރު ދުވަހު މާލޭގައި ދުއްވުން މަނާ ވަގުތުތަކުގައި ދުއްވުން މަނާ އެއްގަމު އުޅަނދުތަކުގެ ކެޓެގަރީ ތަކަކީ CO,C2 D,E,V އެވެ.

މި އުޅަނދުތައް ދުއްވުން މަނާކޮށްފައިވާ ވަގުތަކީ އެ ދުވަހުގެ ހެނދުނު 06 އިން ފެށިގެން ރޭގަނޑު 11 ގެ ނިޔަލަށެވެ.

މި ވަގުތުތަކުގެ ތެރޭގައި މާލޭގެ މަގުތަކުގައި މި އުޅަނދުތައް ދުއްވުމަކީ މަނާކަމެކެވެ. ނަމަވެސް، މި އެންގުމުން އިސްތިސްނާވާނީ ހަމައެކަނި ހާއްސަ ހުއްދަ ލިބިފައިވާ އުޅަނދުތަކަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓްލުން ކުރިއަށްދާ ކޮންމެ ފަހަރަކުވެސް މާލޭގެ މަގުތަކުގައި ބަރު ވެހިކަލް ދުއްވުން މަނާކުރެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk