
މާސް ލީގަލައިޒޭޝަން ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްފި

މުޙައްމަދު ފަޟްލޫން - 01 އޭޕްރީލު 2026 - 11:59
ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް ދާހިލީ ސަލާމާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ހުޅުވާލި މާސް ލީގަލައިޒޭޝަން ޕްރޮގްރާމްގެ މުއްދަތު ސަރުކާރުން އިތުރުކޮށްފިއެވެ.
ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް ފަރާތްތަކާއި ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން ކާކުކަން އަންގައިދޭ ރަސްމީ ލިޔުން ނެތް ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގި ގެ ދަށުން ވުޒާރާ އިން ކުރިއަށްގެންދާ މާސް ލީގަލައިޒޭޝަން ޕްރޮގްރާމްގެ މުއްދަތު ގިނަ ވަޒީފާދޭ ފަރާތްތަކެއްގެ އެދުމުގެ މަތިން އަންނަ މެއި މަހުގެ 02 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހު ފުރުސަތުކަމާއި މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށްވެސް ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.
މާސް ލީގަލައިޒޭޝަންގެ މުއްދަތު އިތުރުކުރުމާއި ބެހޭ ގޮތުން އާއްމުކުރި އިއުލާނާއި ބެހޭ އިތުރު މައުލޫމާތު ހޯދަން އެދޭ ފަރާތްތަކުން ވުޒާރާގެ ހޮޓްލައިން 1485 އަށް ގުޅުއްވައި ނުވަތަ އަށް އީމެއިލް ކުރުމަށްވެސް އިއުލާނުގައި ވަނީ އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގަލޮޅު ކަންމަތީގައި ހުންނަ ގޭގައި ހިނގާފައިވަނީ އަމިއްލަ އަށް މަރުވުމުގެ ހާދިސާއެއް: ފުލުހުން
ގަޑިއިރެއް ކުރިން

ދެ އިންތިހާބު އެކުގައި ބާއްވަން ތާއީދެއް ނުކުރަން: ރައީސް މައުމޫން
ގަޑިއިރެއް ކުރިން

އޭޕްރިލް 04 ވަނަ ދުވަހު މާލޭގެ މަގުތަކުގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި
ގަޑިއިރެއް ކުރިން

އެމްޑީޕީ އިން އޭސީސީ ދޮށުގައި މުޒާހަރާކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)