logo
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ދެ އިންތިހާބު އެކުގައި ބާއްވަން ތާއީދެއް ނުކުރަން: ރައީސް މައުމޫން

profile

މުޙައްމަދު ފަޟްލޫން - 01 އޭޕްރީލު 2026 - 13:12

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި އެއްދުވަހެއްގައި ބާއްވަން ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އޮންނަ އާއްމު ރައްޔިތުންގެ ހިޔާލު ހޯދުމާއި ބެހޭ ފެންނަ ނުފެންނަ ވޯޓްގައި ދެ އިންތިހާބު އެކުގައި ބާއްވަން ނުފެންނަ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވަނީ އެމްއާރުއެމްގެ ކުރީގެ ވަޓްސްއެޕް ގްރޫޕްގައި އެ ޕާޓީގެ އެކްސްކޯ މެމްބަރަކު ރައީސް މައުމޫނަށް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމްއާރުއެމްގެ އެކްސްކޯ މެމްބަރުކަން ކުރެއްވި ރަހުމާ އަލީ، މައުމޫންއާ ކުރެއްވި ސުވާލަކީ، ދެ އިންތިހާބުގައި އެއްކޮށް ވޯޓުލުމަކީ ރަނގަޅު ކަމެއްތީ އެވެ. ޖަވާބުގައި މައުމޫން ލިޔުއްވާފައި ވަނީ ނޫން ކަމަށެވެ.

ރައީސް މައުމޫން އާއްމު ރައްޔިތުންގެ ހިޔާލު ހޯދުމާއި ބެހޭ ވޯޓުގައި ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށް ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސާލިހްގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ އެވޯޓަށް ނޫނެކޭ ވިދާޅުވެފައެވެ.

ސަރުކާރުގެ ފަރާތުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ރައްޔިތުންގެ ހިޔާލު ހޯދަން ވަނީ ނިންމާފައެވެ.

އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓް ނަގަން ނިންމާފައިވަނީ މިހިނގާ އޭޕްރިލް މަހުގެ 04 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އެކުއެކީގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk