logo

އެމްޑީޕީ އިން އޭސީސީ ދޮށުގައި މުޒާހަރާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 01 އޭޕްރީލު 2026 - 12:00

އޭސީސީއަށް ހުށަހަޅާ މައްސަލަތައް އެކޮމިޝަނުން ބަލަމުން ނުދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ފަރާތުން އޭސީސީ ދޮށުގައި މިއަދު މުޒާހަރާކޮށްފިއެވެ.

https://wamco.com.mv/

އެމްޑީޕީ އިން އޭސީސީ ދޮށުގައި ކުރިއަށް ގެންދިޔަ މުޒހަރާގައި ކޮމިޝަންގެ ރައީސް ޝާމިލް އާދަމްގެ އިސްތިއުފާ އަށް ވަނީ ގޮވާލާފައެވެ.

ސަރުކާރުން ގެންދަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަމުން ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުމާއި އެފަދަ އެހެން ކަންކަމަކީ ޑިމޮކްރަސީ އާއި ބީރައްޓެހި ކަންކަން ކަމަށްވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

މިސަރުކާރުން ދަނީ ވަކިވެފައިވާ ތިން ބާރު އަލުން އެއްކޮށްލައި ހުރިހާ ބާރެއް އަތަށް ނަގައި ޑިކްޓޭޓަރޝިޕްެއްގެ ގޮތްތައް ފަތުރަމުންދަކަށްވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

ވަކިވެފައިވާ 3 ބާރު މި ސަރުކާރުން އަލުން އެއްކޮށް ހުދުމުހުތާރު ވެރިކަމެއް ކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk