logo

ރަމަޟާން މަހުވެސް ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ: އިމިގްރޭޝަން

profile

ޝަހްޒާ މުޙައްމަދު - 19 ފެބްރުއަރީ 2026 - 15:01

މި ރަމަޟާން މަހު މޯލްޑިވްސް އިމިގްރޭޝަނުން ޚިދުމަތްދޭ ގަޑިތައް އެއިދާރާއިން ހާމަކޮށްފިއެވެެ.

https://wamco.com.mv/

އިމިގްރޭޝަނުން ބުނީ އާންމު ދުވަސްތަކެކޭ ވެސް އެފަދައިން ރަމަޟާން މަހުގެ ކޮންމެ ވަގުތެއްގައިވެސް އިމުގާ މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެކަމަށެވެ. މާލެ ސަރަހައްދުގައި ޕާސްޕޯޓާ ހަވާލުވުމަށް އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކިއުބީ މެދުވެރިކޮށް ނަންބަރު ދޫކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން 13:00 އަށް ކަަމަށާއި، ހުކުރު ދުވަހު ނަންބަރު ދޫކުރާނީ 09:15 އިން 11:00 އާ ހަމައަށްކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރަށްރަށުގައި ހުންނަ އޮފީސްތަކުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ 09:15 އިން ފެށިގެން 12:00އަށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި މެޑިކަލް އިމަރޖެންސީގައި ޕާސްޕޯޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން 9555333 ގުޅުއްވައިގެން ކުރިއަށްގެންދިއުމަށް އެއިދާރާއިން ވަނީ އެދިފައެވެ.

އިމިގްރޭޝަނުން ދޭ ވިސާގެ ޚިދުމަތް ރަމަޟާން މަހު ދޭނެ ގަޑިތައްވެސް އިމިގްރޭޝަނުން ވަނީ އާންމުކޮށްފައެވެ. އެގޮތުން އީ-ވިސާއަށް އެދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގައިއިރު ހުށަހެޅޭނެކަމަށާއި، ވިސާގެ ޚިދުމަތް ސްޓަރ ކްލައުޑްސް ބިލްޑިންގުގެ 8 ވަނަ ފަންގިފިލާއިން ހެނދުނު 09:00 އިން 13:00 އަށް ލިބޭނެކަމަށް އެއިދާރާއިން ބުންޏެވެ.

އިމިގްރޭޝަންގެ އެންފޯސްމަންޓު އެންޑް ކޮމްޕްލަޔަންސް ޑިވިޝަނުން ފޯރުކޯށްދޭ ރިޕެޓްރިއޭޝަންއާ ގުޅުންހުރި ޚިދުމަތްތައް ހެނދުނު 09:00 އިން މެންދުރު ފަހު 14:00 އަށް ލިބޭނެކަމަށް އެ އިދާރާއިން ބުންޏެވެ.

ސީޕޯޓުގެ ޚިދުމަތްތަކަށް ބަލާއިރު، ހުކުރު ދުވަސް ނޫން އެހެން ކޮންމެ ދުވަހެއްގެވެސް ފަތިހު 05:20 އިން މެންދުރު 12:00 އަށް އަދި 13:00 އިން 17:30އަށް ޚިދުމަތްދޭއިރު، ރޭނގަނޑު 20:00 އިން ފަތިހު 04:00 އާހަމައަށް ސީޕޯޓުގެ ޚިދުމަތްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހުކުރު ދުވަހު ސީޕޯޓުގެ ޚިދުމަތްދޭނީ ފަތިހު 05:30 އިންހެނދުނު 08:00 އަދި މެންދުރު ފަހު 14:30 އިން ހަވީރު 17:30އަށް އަދި ރޭނގަނޑު 20:00 އިން ފަތިހު 04:00 އާހަމައަށެވެ.
ކުޅުދުއްފުއްޓާއި، އުލިގަން އަަދި ހިތަދޫ ސީޕޯޓުގެ އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރު 13:00އަށް ކަމަށް އިމްގްރޭޝަނުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk