logo

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި: އައިޖީއެމްއެޗް

profile

މުޙައްމަދު ފަޟްލޫން - 12 އޭޕްރީލު 2026 - 08:11

ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

https://wamco.com.mv/

މީޑިއާ ތަކަށް މައުލޫމާތު ދެމުން އައިޖީޢެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފީއަލީ ބަނދަރުގައި އޮތް ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ގެނައި މީހާގެ ހާލު ރަނގަޅު ނޫން ކަމަށާއި އޭނާއަް އަދިވެސް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށެވެ.

ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެގެން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 9:15 ހާއިރެވެ. އަލިފާންގަނޑު ކޮންޓްރޯލް ނުވުމުގެ ސަބަބުން ކައިރީގައި ހުރި ތިން ދޯންޏެއްގައި އަލިފާން ރޯވެ، އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

ގާތްގަނޑަކަށް ގަޑިއިރެއްހާ އިރު ފަހުން އަލިފާން ނިއްވާލެވުނު އިރު، ހަތަރު ދޯނި ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.

މި ހާދިސާގައި ބަންގްލަދޭޝްގެ އުމުރުން 39 އަހަރުގެ ފިރިހެނަކު ވަރަށް ބޮޑަށް ފިހިފައިވެއެވެ.

އެ މީހާ އަކީ ތެޔޮ ދޯނީގައި މަސައްކަތްކުރާ މީހެކެވެ.

އެމީހާގެ ހަށިގަނޑުގެ 60 އިންސައްތަ ވަނީ ފިހިފައެވެ.

ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ އަދަދު 20 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

ފީއަލީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު ގއ ވިލިނގިލީގައި ހުންނަ ގއ އަތޮޅު ތައުލީމީ މަރުކަޒުގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މިހާދިސާގައި އެ ސްކޫލްގެ ބައެއް ކްލާސްރޫމްތަކާއި ޓީޗަރުންގެ ސްޓާފްރޫމް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ.

ފީއަލީ އަލިފާނުގެ ހާދިސާ އާއި ވިލިނގިލީގައި ހިނގި އަލިފާނުގެ ހާދިސާވެސް ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk