logo
ވިލުފުށީގައި ގާއިމުކޮށްފައިވާ ހައުސިން ޔުނިޓުތައް

ވިލުފުށީގައި ގާއިމުކޮށްފައިވާ ހައުސިން ޔުނިޓުތައް

ތުޅާދޫ އާއި ވިލުފުށީގައި ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

profile

ރިޟްވާން މޫސާ - 11 އޭޕްރީލު 2026 - 11:53

ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގެ މުއްދަތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އިތުރުކޮށްފި އެވެ.

https://wamco.com.mv/

މި ހައުސިންގ ޔުނިޓްތަކަށް އެދި ފޯމު ހުށަހަޅަންޖެހޭނީ "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށެވެ.

މި ދެ ރަށުގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމުގެ އުޞޫލު މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ޢާންމުކޮށްފައިވާއިރު، ފޯމު ހުށަހެޅުމުގެ ފުރުޞަތު އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށެވެ.

ނަމަވެސް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ވަނީ، މި މުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ 23:59 އަށް އިތުރުކޮށްފައެވެ.

އައު އުޞޫލުގައިވާ ގޮތުން މި ފްލެޓްތަކަށް އެ ރަށްރަށުގެ ރަށްވެހިންގެ އިތުރުން، އެ ރަށެއްގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެއެވެ.

މީގެ އިތުރުން ކުރިމަތިލާ ފަރާތަކީ އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭއިރު، އެމީހެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް އޮވެގެން ނުވާނެއެވެ. އަދި މަހެއްގެ މައްޗަށް ލިބޭ އާމްދަނީ 60،000 ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެއެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވަނީ 3 ކޮޓަރީގެ ރޯހައުސްތަކެކެވެ. އެގޮތުން، ކޮންމެ ޔުނިޓެއް ވެސް ބިނާކޮށްފައިވަނީ 2002 އަކަފޫޓުގެ ބިމެއްގައި، އިމާރާތްކުރެވޭ އޭރިއާ 1204 އަކަފޫޓަށް ހުންނަ ގޮތަށެވެ.

މި ޔުނިޓްތައް ހަވާލުކުރާނީ ފިނިޝިންގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހުގައި ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވާއިރު، ވިލުފުށީގައި ހުރި ރޯހައުސްތަކަކީ 2011 ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެން ފެށި ނަމަވެސް، މަސައްކަތް ހުއްޓުމުގެ ސަބަބުން ފަހުން އެހެން ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ނިންމާފައިވާ ތަންތަނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk