logo

ކިޔަވަން ދިއުމުގެ ކުރިން ލިޔުން އަމިއްލައަށް ހުަށަހެޅޭނެ: އެމްކިޔުއޭ

profile

މުޙައްމަދު ފަޟްލޫން - 11 އޭޕްރީލު 2026 - 08:31

ބޭރަށް ކިޔަވަން ދިއުމުގެ ކުރިން ހޯދަން ޖެހޭ ރިކޮގްނިޝަން ލިޔުން ހޯދުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށާއި، އެ ލިޔުން ހޯދުމަށް ދަރިވަރުންނަށް އަމިއްލައަށް އެދެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފިއެވެ.

https://wamco.com.mv/

ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ޕްރޮގްރާމެއްކަން ކަށަވަރުކުރުމަށް ދޫކުރާ ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް ލިޔުން ހޯދައިދިނުމަށް ބައެއް ފަރާތްތަކުން ބޮޑެތި ފީތައް ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްކިޔުއޭ އިން ވަނީ ބު ބުނެފަައެވެ.

އަދި މިފަދަ ތިންވަނަ ފަރާތްތައް މެދުވެރިކޮށް ހިދުމަތް ހޯދާ ދަރިވަރުންނަށް ސްޓޫޑެންޓް ވިސާ ހަމަނުޖެހުމާއި، ކުލާސްތަކުގައި ބައިވެރިނުވެވޭ ފަދަ ޝަކުވާތައް ލިބެމުންދާ ކަމަށްވެސް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

އެމްކިއުއޭއިން އިތުރަށް ބުނިގޮތުގައި މި ޚިދުމަތަކީ އެއްވެސް ފީއެއް ނެގުމެއް ނެތި ހިލޭ ދެމުން އަންނަ ޚިދުމަތެކެވެ. އަދި ދަރިވަރުންނަށް އީމެއިލް މެދުވެރިކޮށް ނުވަތަ ސީދާ އެމްކިއުއޭއަށް ހުށަހަޅައިގެން މި ލިޔުން ހޯދުމަށް އެދެވޭނެއެވެ.

މަތީ ތަޢުލީމުގެ ލޯނުގެ ފުރުޞަތު މުޅި އަހަރަށް ހުޅުވާލާފައިވާއިރު، ތިންވަނަ ފަރާތެއް މެދުވެރިނުވެ އަމިއްލައަށް މިކަން ކުރިއަށް ގެންދިއުމަށް އެމްކިއުއޭއިން އެދިފައިވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ލޯނަށް އެދި ހުށަހެޅުމުގެ އައު އުސޫލެއް ގެޒެޓުކޮށްފައެވެ.

މި އުސޫލުގެ ދަށުން ލޯނަށް އެދުމަށް ވަކި ސުންގަޑިއެއް ނޯންނާނެއެވެ.

ދަރިވަރުންނަށް ޕްލޭސްމަންޓް ލިބުމާއި، އެމްކިއުއޭގެ އިންޓެންޑަޑް ލެޓަރ އަދި ފީ ސްޓްރަކްޗަރ ލިބުމާއެކު ކޮންމެ ވަގުތެއްގައިވެސް ލޯނަށް އެދި ހުށަހެޅޭނެއެވެ. މީގެ އިތުރުން، އަލަށް ކިޔަވާ ކުދިންނާއި ކިޔަވަމުންދާ ކުދިންގެ ކެޓަގަރީތައް އުވާލައި، އެޕްލިކޭޝަން ހުށަހެޅުމުގައި ދިމާވާ އޮޅުންތައް ވަނީ ޙައްލުކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk