logo

ރައީސް ޑރ މުއިއްޒު އަންނަ މަހު ސްރީލަންކާ އަށް ފުރާ ވަޑައިގަންނަވަނީ

profile

މުޙައްމަދު ފަޟްލޫން - 12 އޭޕްރީލު 2026 - 08:09

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަންނަ މަހު ސްރީލަންކާ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

ރައީސް ޑރ މުއިއްޒުގެ މިދަތުރުފުޅުގެ އެންމެ މުހިއްމު އެއް އަމާޒަކީ ލަންކާ އާއި ރާއްޖޭގެ ގުޅުން ބަދަހިކޮށް ދެގައުމުގެ ދެމެދުގައި މަސްވެރިކަމުގެ ސިނާއަތުގައި އޮތް ގުޅުން ވަރުގަދަކޮށް އައު އިންވެސްޓްމެންޓް ތައް ހޯދައި އެކަމަށް މަގުފަހި ކުރުމުވެ.

ސްރީލަންކާގެ މިނިސްޓްރީ އޮފް ފިޝަރީޒް, އެކުއަޓިކް އެންޑް އޯޝަން ރިސޯސަސް އިން ބުނީ ރައީސް ޑރ މުއިއްޒުގެ ގެ ދަތުރުފުޅާއި ގުޅިގެން ދެ ގައުމުގެ މަސްވެރިކަމުގެ ސިނާއަތް ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތައް ހޯދުމަށް ފުޅާ ދާއިރާއެއްފގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އެކަމަކީ ދެ ގައުމު ގުޅިގެން ދެ ގައުމުގެ އިގްތިސާދު ކުރިއަރުވަން ކުރެވޭ މުހިއްމު މަސައްކަތަކަށް ވެގެންދާނެ ކަމަށްވެސް ސްރީލަންކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

ރައީސް ޑރ މުއިއްޒުގެ ސްރީލަންކާ ދަތުރަށް ތައްޔާރުވުމުގެ ގޮތުން ސްރީލަންކާގެ ފިޝަރީޒް މިނިސްޓަރ ރާމަލިންގަލް ޗަންދްރަސޭކަރު އާއި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވަނީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގެ ޕާލަމެންޓް ކޮމްޕްލެކްސްގައި މަތީ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައި ސްރީލަންކާގެ ފިޝަރީޒް މިނިސްޓްރީގެ ސެކެޓްރީ ޑރ ބީ.ކޭ ކޮލިތަ ކަމާލް ޖިނަދާސަ ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ދެ ގައުމުގެ ދެމެދުގައި މުދާ ފޯރުކޮށްދިނުމުގެ ސީދާ ނިޒާމެއް ގާއިމްކުރުމާއި ގުޅޭގޮތުންނެވެ.

ސްރީލަންކާގައި އުފައްދާ ބައެއް ބާވަތްތައް މިހާރު ރާއްޖެ އެތެރެކުރަނީ ދުބާއީ ފަދަ ގައުމުތައް މެދުވެރިކޮށެވެ.

މިނިސްޓަރު ޗަންފްރަސޭކަރު ވިދާޅުވީ މުދާވެރިންނާއި ނުލައި ސީދާ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ވިޔަފާރީގެ މަގުތައް ސީދާ ހުޅުވާލުމުން ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން ވަރުގަދަވެ ދެގައުމަށްވެސް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހަރަދުތައް ކުޑަވެ ވިޔަފާރީގެ ފައިދާ ބޮޑުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑި ސެނަނެޔަކަ ވަނީ ހުސްވި އަހަރުގެ ޖުލައި މަހު ރައީސް ޑރ މުއިއްޒުގެ ދައުވަތަކަށް ރާއްޖެއަށް ވަޑައިގެންފައެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގައެވެ

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk