
ވަޅިއެއް ގެންގުޅުނު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މުޙައްމަދު ފަޟްލޫން - 12 އޭޕްރީލު 2026 - 08:09
ވަޅިއެއް ގެންގުޅުނު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެެ.
އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށުގެެ ތުހުމަތެވެ.
ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އިއްޔެ އަމުރުކޮށްފައެވެ.
ކޯޓް އަމުރުގައި ބުނެފައިވަނީ ބަންދުކުރި މީހާއަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ފުލުހުންގެ ބަޔާނާއި ސީނަށްދިޔަ ފުލުހުންގެ އިންސިޑެންޓް ރިޕޯޓް، ދިވެހި ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓް، އެ މީހާ ދިރިއުޅޭ ކޮޓަރިން ފެނިފައިވާ ވަޅީގެ ފޮޓޯ އަދި އެ މީހާގެ ބަޔާން ހުށަހަޅާފައިވާ ކަމަށެވެ.
އެ ހެކިތަކުން އެނގޭގޮތުގައި މުއްގަނޑު ތެރެއަށް ތިލަ ލައްޕައިލެވޭ ބާވަތުގެ ފްލިކް ނައިފެއް އެ މީހާ ގެންގުޅުނުކަން އެނގޭ ކަމަށެވެ.
އަދި ވަޅި ގެންގުޅުނު ސަބަބަކީ ސީލިންގުގައި ހުރި ލައިޓެއް މަރާމާތުކުރުމުގެ ބޭނުމަށް ކަމަށް ބުނެފައިވާ ކަމަށެވެ.
ނަމަވެސް އެ ސަބަބަކީ ފްލިކް ނައިފެއް ގެންގުޅުމަށް އެކަށީގެންވާ މަގްބޫލް ސަބަބެއް ކަމަށް ނުފެންނަ ކަމަށް ކޯޓް އަމުރުގައިވެއެވެ.
ހާއްސަކޮށް އޭނާގެ ހައްޔަރާއި ބަންދުގެ ލޮގުގައި ގިނަ ކުށްތަކެއްގެ ތުހުމަތުކުރެވިފައިވާކަން އެނގޭއިރު އެ ކުށްތަކުގެ ތެރޭގައި ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލަތައް ހިމެނޭއިރު އޭނާ އެ ވަޅި ގެންގުޅުނު ކަމަށް ބުނާ ސަބަބަކީ އެ ވަޅި ގެންގުޅުމަށް މަގްބޫލް ސަބަބެއް ކަމަށް ނުފެންނަ ކަމަށް ކޯޓް އަމުރުގައި ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މެމްބަރު ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
39 މިނިޓު ކުރިން

ބިދޭސީ އަކު ފޭކް ސިޕް ފޮނުވައިގެން ސައިކަލެއް ނެގި މައްސަލައެއްގައި އިތުރު 15 ދުވަހަށް ބަންދުކޮށްފި
2 ގަޑިއިރު ކުރިން

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި: އައިޖީއެމްއެޗް
2 ގަޑިއިރު ކުރިން

ރައީސް ޑރ މުއިއްޒު އަންނަ މަހު ސްރީލަންކާ އަށް ފުރާ ވަޑައިގަންނަވަނީ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)