logo

ބިދޭސީ އަކު ފޭކް ސިޕް ފޮނުވައިގެން ސައިކަލެއް ނެގި މައްސަލައެއްގައި އިތުރު 15 ދުވަހަށް ބަންދުކޮށްފި

profile

އައިމިނަތު ޒައިބާ - 12 އޭޕްރީލު 2026 - 08:12

ފޭކް ސްލިޕް ފޮނުވައިގެން ސައިކަލެއް ނެގި ކަމުގެ ތުހުމަތުގައ ބަންގްލަދޭޝް މީހަކު ވަނީ ހައްޔަރުކޮށްފައިއެވެ.

https://wamco.com.mv/

މި މައްލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ސޮލައިމާނު އާމިރު (24އ) ގެ ބަންގްލަދޭޝް ރައްޔިތެކެވެ.

ޝީޝާ އަށް 92،000 ރުފިޔާގެ ފޭކް ސްލިފެއް ފޮނުވައިގެން ސައިލެފެއް ފޮނުވައިގެން ސައިލެއް ގަތް ކަމަށް ބުނަާ މީހަކު ހައްޔަރުކޮށް، ތަހުގީގުގެ ބޭނުމަށް އިތުރު 15 ދުވަހަށް ބަންދުގައި ބައްހައްޓަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ ސޮލައިމާން އާމިރު، މިދިޔަ މަހުގެ 28 ވަނަ ދުވަހު ހައްޔަރުކުރީ 92،000 ރުފިޔާގެ ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން ހުޅުމާލޭގައި ހުންނަ ސީޝާގެ ސާވިސް ސެންޓަރުން ހޮންޑާ އޭޑީވީ 160 މަރުކާގެ ސައިކަލެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތުހުމަތަށް ކަމަށެވެ.

އޭނާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ވެސް އަމުރުކުރީ 15 ދުވަހަށް ބަންދުކުރުމަށެވެ.

އެ މުއްދަތު ހަމަވުމުން ބަންދާ މެދު އަލުން ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަން އެ ކޯޓުން އަމުރުކުރި އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ސޮލައިމާން އިތުރު 15 ދުވަހަށް ބަންދުކުރަން އަމުރުކުރީ އޭނާ ސީޝާގެ ސާވިސް ސެންޓަރަށް ގޮސް ސައިކަލާ ހަވާލުވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްގެ އެނަލިސިސިސް ފޮޓޯ ރިޕޯޓާއި އޭނާ ފޮނުވި ފޭކް ސްލިޕްގެ ސްކްރީންޝޮޓާއި މައްސަލަ ހުށަހެޅި ފަރާތުގެ ސިޓީ ހިމެނޭހެން މާއްދީ ހެކިތައް ފުލުހުން ކޯޓަށް ހުށަހަޅާފައި ވާތީ އެވެ.

އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު އޮތް ކަމަށް ކްރިމިނަލް ކޯޓުން ނިންމީ އެއީ ބަންގްލަދޭޝްގެ ރައްޔިތަކަށް ވާތީ، ބަންދުން ދޫކޮށްލައިފި ނަމަ އެ ގައުމަށް ގޮސް ފިލުމުގެ އިހުތިމާލް އޮތުމުންނެވެ.


https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk