logo
ރ އުނގޫފާރު

ރ އުނގޫފާރު

ރ އުނގޫފާރު ކުނި ކޮށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

profile

މުޙައްމަދު ފަޟްލޫން - 10 އޭޕްރީލު 2026 - 10:08

ރ އުނގޫފާރު ކުނި ކޮށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

https://wamco.com.mv/

ފުލުހުން ބުނީ އުނގޫފާރު ކުނިކޮށީގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު 10 އޭޕްރިލް 2026 ވަނަ ދުވަހު (މިއަދު ) ހެނދުނު09:57 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އާއްމުންނާއި ފުލުހުން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ދުވަސްވަރު އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ ފ ފީއަލީ ފަޅުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ ޢަނދާ ހުލިވެފައެވެ. އަދި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ގއ ވިލިނގިލީގައި ހުންނަ ގއ އަތޮޅު މަދަރުސާގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk