
15 ބިދޭސީން ބަލައި ފާސްކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އެއް ބިދޭސީއަކު

އައިމިނަތު ޒައިބާ - 12 އޭޕްރީލު 2026 - 04:50
ރައްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސިްނ ހޯދުމަށް ކުރިޔަށް ގެންދާ އޮޮޕެރޭޝަނުގެ ތެރޭއިން ހުޅުމާލެއިން 15 ބިދޭސީން ބަލައި ފާސްކޮށް އެއް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެެ.
އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން އިއްޔެ ހެނދުނު ވަނީ ހުޅުމާލެ ފޭސް އެކެއްގެ ސައިމާ ހިނގުމާއި ހައިވަކަރު މަގުގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.
އެގޮތުން، 15 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެތަނުން ވިދާޅުވިއެވެ.
އިމިގްރޭޝަނުން މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރާ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
އިމިގްރޭޝަނުން ކުރަމުން އަންނަ މި މަސައްކަތަކީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.






.gif&w=3840&q=75)