logo

1200 އަށް ވުރެ ގިނަ ފަތުރުވެރިންނާއެކު ކްރޫޒް ލައިނާއެއް ރާއްޖެ އަތުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 13 މާރިޗު 2026 - 08:15

ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު އިތުރު ކްރޫޒް ލައިނާއެއް ރާއްޖެ އަތުވެއްޖެ އެވެ.

https://wamco.com.mv/

މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އިއްޔެ މާލެ ސަރަހައްދަށް ބޮޑު ކްރޫޒް ލައިނާއެއް ވަދެފައިވެ އެވެ.

އެމްއެސް ވައިކިން ސްކައި ގެ ނަމުން ނަންދެވިފައިވާ އެ ކްރޫޒް ލައިނާގައި 734 ފަތުރުވެރިންނާއި 476 ކްރޫ މެންބަރުން ރާއްޖެ އައިސްފައިވެ އެވެ.

ކްރޫޒް ލައިނާގައި އައި ފަތުރުވެރިން ވަނީ މާލެ އާއި ކައިރި ރަށްތަކަށް ޒިޔާރަތްކޮށްފަ އެވެ.

ކްރޫޒް ލައިނާގެ ފަސިންޖަރުންނާއި ކްރޫ މެންބަރުންނަށް ކްލިއަރެންސް ދިނުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ، އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަންގެ އޮފިސަރުންނެވެ.

މިއީ މި އަހަރު ރާއްޖެ ޒިޔާރަތްކުރި 8 ވަނަ ކްރޫޒް ލައިނާ އެވެ. ސަރުކާރުން ދަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk