logo

ހަނގުރާމައާއި ގުޅިގެން ރާއްޖެ ބަނޑަކަށް ނުޖެހޭނެ: މިނިސްޓަރ ސައީދު

profile

ޝަހްޒާ މުޙައްމަދު - 13 މާރިޗު 2026 - 09:33

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއެކު ވެސް ރާއްޖެ ބަނޑަށް ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވާ އިޤްތިޞާދީ އަދި އިޖުތިމާޢީ އެކި ލޮޅުންތަކުން އަރައިގަތުމުގެ ގާބިލުކަން ދިވެހިރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އިރާދަކުރެއްިއްޔާ، ރާއްޖެ ނުދަރައި އަދި ރައްޔިތުން ބަނޑަށް ނުޖެހި ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަޤީންކަން ސަރުކާރުން ދޭ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ، މާޒީގައި ދިމާވި ސުނާމީ ކާރިސާ، ނައިން އިލެވަންގެ ހާދިސާ، ބާލީގެ ބޮންގޮއްވާލުން، އެޗް ވަން އެންޑް ވަން އަދި ކޯވިޑް-19 ފަދަ ކޮންމެ ބޮޑު ޝޮކަކުން ވެސް ދިވެހިރާއްޖެ ވަނީ ވަރަށް އަވަހަށް އަރައިގަނެފައި ކަމަށެވެ. މިއީ އިސްލާމީ ދިވެހި އުއްމަތަށް ލިބިފައިވާ ބޮޑު ނަސީބެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.

މި ސަރުކާރުން ދުނިޔޭގެ އެކި ގައުމުތަކާއެކު ގާއިމުކުރަމުންދާ ގުޅުމާއި، ކުރިއަރާލައި ވިސްނައިގެން ކުރި ކަންތައްތަކެއްގެ ނަތީޖާއަކީ ރާއްޖެ ނުދަރައި މި ހާލަތުގައި ވެސް ރާއްޖެ ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޮތުން ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

"މިއަދު އިރާދަކުރެއްވިއްޔާ ދުނިޔޭގެ އެކި ޤައުމުތަކާ އެއްކޮށް މި ސަރުކާރުން ޤާއިމުކުރަމުންދާ ގުޅުމާއި، ކުރިއާލައި ވިސްނައިގެން ކުރި ކަންތައްތަކެއްގެ ނަތީޖާއަކީ، ރާއްޖެ ނުދަރައި، ރާއްޖެ މިހާ ދަތުގައިވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެކަމުގެ ޔަޤީންކަން،" އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅޫވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަން ކަށަވަރުކޮށްދެއްވާފައިވާކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުގެ ތަރައްޤީގެ ވިޝަން ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ. އެގޮތުން 2023 ގެ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައީސަށް ދެއްވުމަކީ އޭގެ ހެއްކެއް ކަމަށް ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވެސް ރައްޔިތުން ބޮޑު މެޖޯރިޓީއެއް ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk